ރަނިލްގެ އަނބިކަނބަލުންނަށް ކަށިކެޔޮ ބަތްޕެން ކައްކަން ދަސްކޮށްދީފި

148521_9acd4279-3_.jpg

މިއަދުގެ ބައްދަލު ވުމުގެ ތެރެއިން --ފޮޓޯ :ރައީސް އޮފީސް

ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ޕްރޮފެސަރ މައިތްރީ ވިކްރަމަސިންގްހަ އަށް “ކަށިކެޔޮ ބަތްޕެން” ކައްކަން ދަސްކޮށްދީފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު މުލީއާގޭގައި “މާސްޓަރ އޮފް އޮތެންޓިކް މޯލްޑިވިއަން ކުޒިން” ގެ ނަމުގައި ދައްކާލި ދިވެހި ކެއްކުމުގެ ހަރަކާތްތަކެއްގެ ތެރެއިންނެވެ.

“ކަށިކެޔޮ ބަތްޕެން” ތައްޔާރުކުރާނެ ގޮތުގެ ތަފްސީލު ކިޔައިދެއްވައި ކަށިކެޔޮ ބަތްޕެނުގެ ފަރިއްކޮޅެއް ވެސް އަރުވާފައިވެއެވެ.

މި ބައްދަލު ކުރެއްވުމުގައި ސްރީލަންކާގެ ބޮޑު ވަޒީރުގެ އަނބިކަނބަލުން، ޕްރޮފެސާ މައިތްރީ ވިކްރަމަސިންހާަ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި “އައިލެންޑް ޔުނިވާސިޓީ” ތަސައްވަރާއި އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހޯދިދާނެ ކަމަށް ވިދާޅުވެ އެފަދަ ތަސައްވަރަކަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ހާމަކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާއަކީ އަބަދުވެސް ރާއްޖެއާ ގާތް އެކުވެރި ޤައުމެއްކަން ފާހަގަކުރައްވައި ދެޤައުމު ގުޅިގެން އެކި ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top