ޕެލަސިއޯ ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2019 ފަށައިފި

viber_image_2019-09-02_20-58-11.jpg

އެފްސީ ކަރާ އަދި ޗެލެންޖާސް ޓީމް --ފޮޓޯ :އިބްރާހީމް ނިޔާޒް

ބ.ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް ”ޕެލަސިއޯ ބގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2019” ގެ ނަމުގައި މިއަދު ހަވީރު ގޮއިދޫގައި ފަށައިފި އެވެ.

ގުދުރަތީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި އޮންނަ ގޮއި ފުޅަ ފެހެންދޫ އަށް ނިސްބަތްވާ ތިން ރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ ހަ ޓީމް ވަނީ ބައިވެރިވެފައެވެ.

އެގޮތުން މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި އެފްސީ ކަރާ އާއި ދެކޮޅަށް ވާދަ ކޮށްފައިވަނީ  ޗެލެންޖަރސް ސްޕޯޓްސް ކްލަބެވެ. މިމެޗު 6-4 އިން ކާމިޔާބު ކުރީ ޗެލްންޖާސް ސްޕޯޓްސް ކްލަބެވެ،. ޗެލެންޖާސް އަށް މެޗު ކާމިޔާބު ކޮށްދިނުމުގެ ގޮތުން އެޓީމުގެ އިސްމާއީލް ޝިޔާދު 3 ގޯލް، އަދި ހަސަން ޒަރީރު  އާއި އަހުމަދު ނިޒާމުގެ އިތުރުން އިބްރާހީމް އަަސްވަދު ވަނީ ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖަހާފައެވެ. އެފްސީ ކަރާއިން އަލީ ނަސީމް 2 ގޯލް ޖަހާފައިވާ އިރު އަނޫސް މުހައްމަދު އާއި ހުސެން ޝާމްވެސް ވަނީ ކޮންމެ ކުޅުންތެރިއަކު ގޯލެއް ކާމިޔާބު ކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުން ތެރިޔާގެ މަގާމް ހޯދާފައިވަނީ ޗެލެންޖާސްގެ އިބްރާހީމް އަސްވަދެވެ.

މިއަދު ހަވީރު 5:00ގައި ކުޅުނު މިއަދުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ކަންދަހާރު އެފްސީއާއި ބީއެފް ޔުނައިޓެޑެވެ. މި މެޗު ބީއެފް ޔުނައިޓެޑް ބަލިކޮށް ކަންދަހާރު އެފްސީ ކާމިޔާބު ކޮށްފައިވަނީ 3-8 ގެ ބޮޑު ތަފާތަކުންނެވެ.

ކަންދަހާރު އެފްސީ އިން ލަނޑު ޖެހި ކުޅުންތެރިންނަކީ އާދަމް ނިޒާމު 1 ގޯލް ،ހަސަން ޝުޖާއު 1 ގޯލް ޝަމްއޫން ޖަލީލް 2ގޯލް، ޝަމްވީލް ގާސިމް 1 ގޯލް، އަލީ ޝައްފާފް 2ގޯލެވެ. ޓީމުގެ 8ވަނަ ގޯލަކީ ބީއެފް ޔުނައިޓެޑް ގެ މުހައްމަދު ސައިފް އަތުން ބައިކޮޅަށް ވަތް ޖޯލެވެ.

ބީއެފް ޔުނައިޓެޑުން ލަނޑު ޖަހާފައިވަނީ އަހްމަދު މައުމޫން 1 ގޯލް އަހުމަދު ތަހުސީން 1 ގޯލް އަދި ލުގްމާނު މުހައްމަދު 1 ގޯލެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ކަންދަހާރު އެފްސީ އަށް 2 ގޯލްވެސް ކާމިޔާބު ކޮށްދީފައިވާ ޝަމްއޫން ޖަލީލެވެ.

މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ބީއެފް ޔުނައިޓެޑް އާއި ފުޅަދޫ ފުޓްބޯޅަ ކްލަބެވެ. މި މެޗް ފަށާނީ ހަވީރު 4:00 ގައެވެ. ހަވީރު 5:00 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލު ކުރާނީ އެފްސީ ކަރާ އާއި ވޮލްވްސް ސްޕޯޓްސް ކްލަބެވެ.

ގޮއިދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ޕެލަސިއޯއެވެ. ކޯ ސްޕޮންސަރުންނަކީ އެމްޕީ ހިސާން، އަހުމަދު އަފްރާހު، ހޮސްބާގް ބިސްޓްރޯ ރެސްޓޯރަންޓް، އޮލިވް ގޮއިދޫ ގެސްޓް ހައުސް، އޯލްޑް ކޮފީ ހައުސް ގޮއިދޫ، ،ތްރީ ހާޓްސް ގެސްޓް ހައުސް ފުޅަދޫ ،ޓްރޮޕިކަލް ވިލެޖް ފެހެންދޫ ، ވައިޓް ލެގޫން ފެހެންދޫ އަދި ހަމަސް އެވެ.

ބެވަރޭޖް ޕާޓްނަރުންނަކީ ކެފޭ ޑި ބީޗް ، ޖޮރޭ ކެފޭ ، އަދި ލެންޓީޒް ގާޑްން އެވެ. މީޑިއާ ޕާޓްނަރަކީ އޭދަފުށި ވޮއިސް އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ އެޓޯލް ކިއުޓް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top