ޑރ. ޒިޔާދުގެ އުދާސް : ނުބައި ކަމެެއް ކުރުމުން މިސްކިތް ގޯސްވަނީނަމަ އެއީ ނުބައި މެސެޖެއް

big_kR2VEeCAVRy3AD8.png

މީހަކު ނުބައި ކަމެެއް ކުރުމުން މިސްކިތް ގޯސްވަނީނަމަ މީ ވަރަށް ނުބައި މެސެޖެއް ކަމުގައި ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ ޒިޔާދު މިހެން ވިދާޅުވީ ވީނުވީގޮތެއް ނޭގި ގެއްލިފައިވާ  ނޫސްވެރިޔާ، އަހުމަދު ރިލްވާން އާއި ގުޅޭގޮތުން ސަރުކާރުން އުފައްދާފައިވާ މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ތަފްސީލް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގައި ހައްދުފަހަނަ އެޅުމުގެ އަމަލުތައް ބައެއް މިސްކިތްތަކުން ފެށިގެން އަންނަކަމަށް، ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނިކޮށެވެ.

އެ މިސްކިތްތަކަށް ގަވާއިދުން ދާ ޒުވާނުން ހަރުކަށި ފިކުރުތަކަށް އަނބުރާލުމަށް ބައެއް މީހުން މަސައްކަތް ކުރާކަމަށް ސުއޫދު ވިދާޅުވުމުން ސޯޝަލް މީޑިއާ ބައެއް އެކްޓިވިސްޓުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ކުޑަކުދިން އެކަނި މިސްކިތްތަކަށް ނުފޮނުވުމަށް ގޮވާލާފައެވެ.

ޑރ.ޒިޔާދު ގެ ފޭސްބުކްގައި އިއްޔެ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ބިންމަތީގައިވާ އެންމެ މާތް ބިނާ އަކީ މިސްކިތް ކަމަށެވެ. އެންމެ ތާހިރު ތަނަކީވެސް މިސްކިތް ކަމަށެވެ.

”މިސްކިތަކީ ބިމުގައިވާ މާތް ﷲ ގެ ގެކޮޅު. މިސްކިތާމެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުން ހުއްޓާލަންޖެހޭ. އިސްލާމްދީނުގެ ޝިޢާރުތަކަށް އިހްތިރާމް ނުކުރާނަމަ ބަރަކާތް ކެޑިދާނެ.” ޑރ.ޒިޔާދު ވިދާޅުވެފައިވެއެވެ.

މި ވާހަކަ ކޮޅަށްފަހު ޑރ.ޒިޔާދު ވަނީ ކީރިތި ރަސޫލާގެ ހަދީސް ފުޅެއްވެސް މާނައާއެކު ލިއުއްވާފައެވެ.

“މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ގުދްސިއްޔަ ޙަދީޘެއްގައި މާތްﷲ ވަޙީ ކުރައްވައެވެ. ހަމަކަށަވަރުން ބިމުގައިވާ މާތް ﷲ ގެ ގެކޮޅު ތަކަކީ މިސްކިތްތަކެވެ. އެމިސްކިތްތަކަށް ޒިޔާރަތް ކުރާ މީހުންނަކީ އެމީސްކިތް ޢިމާރާތް ކުރާމީހުންނެވެ.(މިސްކިތްތަށް ފަޅުފިލުވަދޭމީހުން) ތިޔަބައި މީހުންގެ ގެއިން ވުޟޫ ކޮށްގެން ﷲގެ ގެޔަށް ޒިޔާރަތް ކޮށްފި މީހަކަށް ހުރި ހެޔޮކަމަކީ ޒިޔާރަތް ކުރާ ފަރާތަށް މެހްމާންދާރީ އަދާ ކުރުމަކީ ޒިޔާރަތް ކުރެވޭ ފަރާތުގެ މައްޗަށްވާ ޙައްގެކެވެ.”

މީސް މީޑިއާ ބައެއް އެކްޓިވިސްޓުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ކުޑަކުދިން އެކަނި މިސްކިތްތަކަށް ނުފޮނުވުމަށް ގޮވާލުމުން ދީނީ އިލްމުވެރިން ވަނީ އެވާހަކަތައް ކުށްވެރިކުރައްވާފައެވެ. އެއާއެކު އާންމުންގެ ފާޑުކިޔުން އިތުރުވުމުން ބައެއް ބޭފުޅުން ވަނީ ކުރެއްވި ޕޯސްޓް ޑިލީޓްކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top