ބ.އަތޮޅު ޤުރްއާން މުބާރާތުން އެއްވަނަ އޭދަފުއްޓާއި ތުޅާދުއަށް

534093073_1104952905117256_8103644095788231049_n.jpg

ބ އަތޮޅު ކައުންސިލުން، އަތޮޅަުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ޤުރްއާން މުބާރާތުގެ މިއަހަރުގެ މުބާރާތުން އެއްވަނަ ތުޅާދޫ ކައުންސިލާއި އޭދަފުށި ކައުންސިލުން ހޯދައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިމަހުގެ 14 އިން 15 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެއްވަނަ އަށް އޭދަފުށި ކައުންސިލު ހޮވިފައިވަނީ ހިތުން ކިޔެވުމުގެ ބައިންނެވެ. ތުޅާދޫ ކައުންސިލު އެއްވަނަ ހޯދީ ބަލައިގެން ކިޔެވުމުގެ ބައިންނެވެ

މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން ދެވަނަ ހޯދާފައިވަނީ ކެންދޫ ކައުންސިލުންނެވެ. މިބައިން ތިންވަނަ ތުޅާދޫ ކައުންސިލަށެވެ.

ބަލައިގެން ކިޔެވުމުގެ ބައިން އޭދަފުށީ ކައުންސިލުން ދެވަނަ ހޯދިއިރު، މި ބައިން ތިންވަނަ ލިބުނީ ކުޑަރިކިލު ކައުންސިލަށެވެ.

މި މުބާރާތުގައި އަތޮޅުގެ ބާރަ ރަށަކުން ޖުމްލަ 202 ބައިވެރިން ވާދަކޮށްފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top