ލަވަކިއުންތެރިޔާ، ބާލާ ސުބްރަމާނިއަމް މަރުވެއްޖެ.!

ރީތި ހިންދީ ލަވަތަކެއް ކިޔާފައިވާ މަޝްހޫރު ލަވަކިއުންތެރިޔާ އެސްޕީ ބާލާ ސުބްރަމާނިއަމް އުމުރުން 74 ގައި މަރުވެއްޖެ އެވެ.

ސުބްރަމާނިއަމް މަރުވެފައިވަނީ މި މަހު 5 ގައި ކޮވިޑް ޖެހިގެން ޗެންނާއި ހޮސްޕިޓަލް އެއްގައި މި މަހު 5 އިން ފެށިގެނ ފަރުވާ ދެމުން ދަނިކޮށް އިއްޔެ އެވެ. ސުބްރަމާނިއަމް އަށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލުން ހާމަކޮށްފައި ވާ ގޮތުގައި އޭނާ މަރުވީ، ކާޑިއޯ-ރެސްޕިރޭޓަރީ އެރެސްޓެއްގައެވެ.

ސުބްރަމާނިޔަމް މަރުވިއރު އޭނާވަނީ 40000 އަށް ވުރެ ގިނަ ލަވަ ރެކޯޑް ކޮށްގެން ދުނިޔޭގެ (ގިނިސް) ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.

ލޯބީގެ ލަވަތަކުން ފެށިގެން ޑާންސް ލަވަތައްވެސް ކިޔައިދީފައިވާ ސުބްރަމާނިޔަމް 16 ބަހަކުން އޭނާގެ ލަވަތައް ހުށަހަޅާދީފައި ވެއެވެ.

ތަމަޅަ އަދި ތެލޫގޫ ސިނަމާތަކުން އުފަންވެގެން އައި އެސްޕީބީ ވަނީ ބޮލީވުޑްގައިވެސް ރީތި ލަވަތަކެއް ކިޔައި އޭނާގެ ލަވަތަކުގެ ޖާދޫގައި އެތައް ބަޔަކު ޖައްސުވާފަ އެވެ. އޭނާ ގެ އަޑަށް އެންމެ ފުރަތަމަ  މީހުންގެ ސަމާލު ކަން ލިބިގެން ދިޔައީ 1981 ވަނަ އަހަރުގެ ފިލްމު، “އޭކް ދޫޖޭ ކޭ ލިޔޭ” އިންނެވެ.

އެސްޕީބީގެ އަބަދަށް ފެހި ލަވަތަކުގެ ތެރޭގައި (މެއިނޭ ޕިޔާރު ކިޔާ1989) ގެ “ދިލް ދީވާނާ” އާއި “ޕެހެލާ ޕެހެލާ ޕިޔާރު” (ހަމް އާޕްކޭ ހޭނ ކޯން)، “ދޭކާ ހޭ ޕެހެލީ ބާރް” އަދި “ތުމްސޭ މިލްނޭ ކީ ތަމަންނާ” (ސާޖަން 1991) ފަދަ ލަވަތައް ހިމެނެެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top