އިއްބެ ސަރ ތާޖުއްދީން ސްކޫލަށް ބަދަލުވެއްޖެ

424070_199896643483113_1687985838_n.jpg

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މަޤްބޫލް ޓީޗަރ އިބްރާހީމް މުހައްމަދު. އޭނާވަނީ ތާޖުއްދީން ސްކޫލަށް ބަދަލުވެފައި / ފޮޓޯ: ފޭސްބުކް

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި 5 އަހަރު ދުވަހަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްލާމް ޓީޗަރ އިބްރާހީމް މުހައްމަދު (އިއްބެ ސަރ) ތާޖުއްދީން ސްކޫލަށް ބަދަލުވެއްޖެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނާ، ދަރިވަރުންގެ ވަރަށްބޮޑު މަޤްބޫލްކަމެއް ހޯއްދަވާފައިވާ އިއްބެ ސަރ ތާޖުއްދީން ސްކޫލަށް ބަދަލުވީ މިމަހުގެ 9 ވަނަދުވަހުން ފެށިގެންކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެއެވެ. އިއްބެސަރ ތާޖުއްދީނަށް ބަދަލުވީއިރު އޭނާ ބ. އަތޮޅު ތައުލީމީ މަރުކަޒު ދޫކޮށްދާންއުޅޭ ކަމުގެ ޚަބަރާއެކު ފެބުރުއަރީމަހު ބެލެނިވެރިންގެ ތެރެއިން ބަޔަކު އެކަން ހުއްޓުވައިދިނުން އެދި ސްކޫލް މެނޭޖްމަންޓަށް ހުށަ އެޅިއެވެ. އަދި އެކަމާބެހޭ ބަހުސްތައް ރަށުތެރޭގައި ވަރަށް ގަދަވެގެން ދިޔަވެސް މެއެވެ. ބެލެނިވެރިން ތުހުމަތު ކޮށްފައިވަނީ އިއްބެސަރ ސްކޫލް ދޫކޮށްދަނީ ތައުލީމީ މަރުކަޒުގެ ވެރިންނާމެދު ހިތްހަމަނުޖެހުންތަކެއް ހުރެގެންކަމަށެވެ.

މިކަމާ ގުޅިގެން ޓީޗަރ އިބްރާހީމްގެ ބަހެއް ހޯދާލުމަށް އޭނާގެ ފޯނަށް ގުޅާލުމުން ފޯން ނުނަންގަވާތީ ޖަވާބެއް ނުލިބުނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްއޮފިޝަލަކު ވިދާޅުވީ އިސްލާމް ޓީޗަރ އިބްރާހީމް ތާޖުއްދީނަށް ބަދަލުވެފައިވަނީ އިސްލާމް ޓީޗަރަކަށް ކަމަށާ، އެކަން އެޑިއުކޭޝަން މިނިސްޓްރީންވެސް އަންގާފައިވާކަމަށެވެ. ނަމަވެސް އޭނާ ތައުލީމީ މަރުކަޒު ދޫކޮށްލެއްވީ އެމަރުކަޒާމެދު ހިތްހަމަނުޖެހުމެއް އޮވެގެންކަމެއް ނުވަތަ ނޫންކަމެއްވެސް އެނގިވަޑައިގެންފައިނުވާކަމަށެވެ.

އިއްބެސަރ އަކީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަދަބީ އަދި ފަންނީ ހަރަކާތްތައް ކުރިއެރުވުމަށް ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ކުރެހުމާއި، ޑިޒައިން ކުރުމުގެ ފަންނުގައި ފާހަގަކޮށްލެވޭ އިއްބެސަރ ވަނީ އޭދަފުށީގެ ބައެއް ޖަމްއިއްޔާ ތަކަށާއި، މިއަތޮޅުގެ ބައެއް ރިސޯޓްތަކުގައިވެސް އެފަންނުގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top