ގޮއިދޫ އަތުން ޗެމްޕިއަން ކިހާދޫ ބަލިވެއްޖެ

25445933_1967659190188749_8270185697334021554_n.jpg

ބ.ދޮންފަނުގައި މިހާރު ކުޅެވެމުންދާ ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ކުޅެވުނު ގޮއިދޫއާއި ކިހާދޫގެ މެޗުން ޗެމްޕިއަން ކިހާދޫ 3-4 އިން ކިހާދޫ ބަލިވެ ގޮއިދޫއަށް ސެމީގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ފޯރިގަދަ މި މެޗުގައި ދެޓީމުންވެސް ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދައި އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފައެވެ.

މިއަދުގެ މެޗްގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ކިހާދޫ ޓީމެވެ. މެޗްގެ 9ވަނަ މިނިޓާ 10 ވަނަ މިނިޓްގައި ކިހާދޫން ޖެހިޖެހިގެން ދެ ލަނޑު ޖަހާފައިވަނިކޮށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގޮއިދޫން ވެސް ވަނީ ދެ ލަނޑުޖަހައި ކިހާދޫއަށް ޖަވާބު ދީފައެވެ. 3ވަނަ ލަނޑު ގޮއިދޫ ޓީމުން ޖަހާފައިވަނީ މެޗުގެ 22 ވަނަ މިނިޓުގައެވެ. ފުރަތަމަ ހާފު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް ގޮއިދޫގެ ހުސެން ޝާމްވަނީ އިތުރު ލަނޑެއްޖަހައި ލީޑް ފުޅާ ކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން އައިއިރު ކިހާދޫއަށް ލިބުނު ޕެނަލްޓީ ބޭނުން ނުކުރެވި ދިޔަކަން ފާހަގަ ކުރެވުނެވެ. އެޓީމުގެ ޢަލީ ފަރުހާން ޖެހި ޕެނަލްޓީ ގޮއިދޫ ޓީމުގެ ކީޕަރު ވަނީ ހިފަހައްޓާފައެވެ.

ނަމަވެސް ކިހާދޫއަށް ލިބުނު ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-3 އަށް ބަދަލު ވެގެން ދިޔަައެވެ.

މިމެޗުން ކިހާދޫ ބަލިވުމުން ދެން އޮތީ ހަމައެކަނި ދަރަވަންދޫއާ އެކު ކުޅެންޖެހޭ މެޗެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގާ މިހާރު އޮތީ 7 ޕޮއިންޓާއެކު ގޮއިދޫއެވެ. 6 ޕޮއިންޓާއެކު ދެވަނައިގާ އޮތީ އޭދަފުއްޓެވެ. ދޮންފަނާއި ކިހާދޫ އަދި ދަރަވަންދޫއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ލަނޑުގެ ތަފާތުން ދޮންފަނަށް ތިންވަނަ ލިބޭއިރު ހަތަރު ވަނަ ލިބެނީ ކިހާދޫއަށެވެ. ތާވަލުގެ އެންމެ ފަހަތުގައިއޮތީ ގޯލުގެ ތަފާތުން ދަރަވަންދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top