އާ އިމާރާތް ތައުލީމީ މަރުކަޒާ ހަވާލުކޮށްފި

DSCN0480.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒަށް އިތުރު ކުރި 4ބުރީގެ އާ އިމާރާތް - ފޮޓޯ :އީވީ

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތިތެރޭގައި އަލަށް އިމާރާތްކުރި 4 ފްލޯގެ ބިލްޑިންގ ބއަތޮޅު ތައުލީމީމަރުކަޒާ ހަވާލުކޮށްފިއެވެ.

އީވީއާ ވާހަކަ ދައްކަވަމުން ސްކޫލްގެ އެޑްމިިނިސްޓްރޭޓަރ އަހްމަދު އަލީ ވިދާޅުވީ މަސައްކަތް މުޅިން ނިންމައި މިހާރުވަނީ ތައުލީމީ މަރުކަޒާ އެ އިމާރާތް ހަވާލުކޮށްފައިކަމަށާއި 12 ކްލާސްރޫމް ހިމެނޭ މި އިމާރާތުގައި އަންނަ އަހަރު ކިޔަވައިދޭން ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމުގައެވެ.

މި އިމާރާތަކީ ވޯލްޑް ބޭންކާއި ދިވެހި ސަރުކާރުން ޖުމްލަ 9 މިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ އިމާރާތެކެވެ. އިމާރާތް ހެދުމަށް ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރު މާރިސް ކޮންސްޓްރަކްޝަން އަާއެވެ.

އަހްމަދު އަލީ ވިދާޅުވީ މި އިމާރާތުގެ ބޭނުންކުރަން ފެށުމުން މި ވަގުތު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެކަމުގައެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި މިހާރު 800 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނައިރު، އެ ސްކޫލުގައި 23 ކްލާސްރޫމް ހުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top