އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ހޮވަން ފިރިހެނުންނަށް ވޯޓު ދެވޭނެ

i2rBQLMoB86u3nUJt2cb.jpg

ލޯކަލް ކައުންސިލްގެ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - އިލެކްޝަންސް ކޮމިޝަން

ކުރިއަށް އޮތް ލޯކަލް އިންތިހާބާއެކު ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކަނބަލުން ހޮވުމަށް ފިރިހެނުންނަށް ވޯޓު ލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރޭ އެކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވޯޓުލެވޭ ފަރާތްތަކުގެ އިތުރުން، އެ އިންތިހާބުގައި ބައިވެރިވެވޭނީ އެރަށަކަށް ނުވަތަ އެ ސިޓީއަކަށް ނިސްބަތްވާ ކަނބަލަކަށް ކަމަށެވެ. އެހެންނަމަވެސް ވޯޓު ލުމުގެ ހައްގު އަންހެން އަދި ފިރިހެންބޭފުޅުންނަށްވެސް ލިބިގެންވާކަމަށް ޓުވިޓަރުގައި ބުނެފައިވެއެވެ. 

ލާމަރުކަޒީ ޤާނޫނުގައިވާގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު އެރަށެއް ނުވަތަ އެސިޓީއެއްގައި ދިރިއުޅޭ ވޯޓު ލުމުގެ ހައްގު ލިބިފައިވާ ހުރިހާ އަންހެނުންނާއި ފިރިހެނުންނަށްވެސް ލިބިގެން ވެއެވެ. 

އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެމްބަރުން އިންތިހާބު ކުރެވިގެންދާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. މިއީ އިލެކްޝަންސް ކޮމިޝަންގެ ދަށުން ބާއްވާ އިންތިހާބެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއް ހޮވާ ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top