އަނިޔާވެރިން ހަލާކު ނުކުރައްވައި މުހުލަތު ދެއްވަނީ އިސްލާހުވެ ތައުބާވުމަށް: ޚުތުބާ

DSCN9428-800x468-800x468.jpg

އޭދަފުށީ ބޮޑު މިސްކިތް --އީވީ ފޮޓޯ

ފާސިދު ނުބައި މުޖުރިމުން މާތް الله ހަލާކު ނުކުރައްވައި, އެއުރެންނަށް މުހުލަތު ދެއްވަނީ އޭނާ އިސްލާހުވެ ތައުބާވުމަށްޓަކާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”އަނިޔާވެރިންނަށް މާތް الله މުހުލަތު ދެއްވައެވެ.“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ, އިސްލާމްދީން  ވަނީ ހުރިހާ ގޮތަކުން ވެސް އަނިޔާވެރިކަން ހަރާމް ކުރައްވާފައި ކަމަށެވެއެއީ އޭގެ ނަތީޖާ ނުބައިވެގެންދާ، އަޚްލާގީ ގޮތުން ހުތުރުސިފައެއް ކަމަށާއި އެކަމުގެސަބަބުން އިންސާނާގެ ނަފްސު އަބާއްޖަވެރިކަމާއި، ނަރަކައިގެ ގަދަފަދަ އަޒާބަށް ހުށަހެޅޭނެެ ކަމަށް ބުނެފައިވެއެވެ.

ފާސިދު ނުބައި މުޖުރިމުން މާތް الله ހަލާކު ނުކުރައްވައި, އެއުރެންނަށް މުހުލަތު ދެއްވަނީ ކީއްވެތޯ އިސްލާމްދީނާމެދު ޝައްކު އުފައްދައި ދީނަށް ފުރައްސާރަކުރާ މީހުންގެ ސުވާލު އުފައްދާތީ އެއަށް ޖަވާބު ދެމުން ޚުތުބާގައި ބުނީ, މާތް الله އަކީ އަނިޔާވެރިންނަށާއި ފާސިދުންނަށާއި އެކަލާނގެ އަމުރުފުޅުތަކަށް އުރެދޭ މީހުންނަށް މުހުލަތު ދެއްވާ ރަސްކަލާނގެ ކަމަށެވެ.

ޚުތުބާގައި ބުނެފައިވަނީ އިސްލާމްދީން ވަނީ ހުރިހާ ގޮތަކުން ވެސް އަނިޔާވެރިކަން ހަރާމް ކުރައްވާފައި ކަމަށެވެ. އެއީ އޭގެ ނަތީޖާ ނުބައިވެގެންދާ، އަޚްލާގީ ގޮތުން ހުތުރު ސިފައެއް ކަމަށާއި އެކަމުގެސަބަބުން ނަފްސު އަބާއްޖަވެރިކަމާއި، ނަރަކައިގެ ގަދަފަދަ އަޒާބަށް ހުށަހެޅޭނެެ ކަމަށް ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ, މާތް الله އެކަލާނގެއަށް އުރެދޭ މީހުންގެ ކިބައިން ބަދަލު ހިއްޕެވުމުގައި އަވަސްވެ ވޮޑިއެއް ނުގަންނަވާ ކަމަށެވެ. އެހެނަސް އެކަލާނގެ ވަކި މުއްދަތަކަށް އެކަން ފަސް ކުރައްވާ ކަމަށާއި އެކަލާނގެ ކަނޑައަޅުއްވާފައިވާ ވަގުތަކާ ހަމައަށް އެކަން ލަސްކުރައްވާ ކަމަށް ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top