ސޮނެވާ އަތުން ބަލިވެ އަނަންތަރާ އަމިއްލަ ބާރު ކެނޑިއްޖެ

DSCN8585.jpg

ސޮނެވާ އަދި އަނަންތަރާ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން / ފޮޓޯ: އޭދަފުށީ ވޮއިސް

އިންޓަރ ރިސޯޓް ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި މިއަދު ސޮނެވާފުށީ ރިސޯޓާ، އަނަންތަރާ ބައްދަލުކުރިމެޗް ސޮނެވާ ކާމިޔާބުކުރުމާއެކު ސެމީއަށް ދިއުމަށް އަނަންތަރާގެ އަމިއްލަ ބާރު ކެނޑިއްޖެއެވެ.

މިއަދުގެ މެޗްގެ ކުރިންވެސް ސެމީ ކަށަވަރުވެފައިވާ ސޮނެވާ މިއަދުގެ މެޗް 2-0ގެ ނަތިޖާއަކުން ކާމިޔާބުކުރުމާއެކު އެޓީމްވަނީ ގްރޫޕްގެ އެއްވަނާގައި 9 ޕޮއިންޓާއެކު ހަމަޖެހިލައިފައެވެ. 2 ވަނާގައި އޮތް އަނަންތަރާއަށް 3 މެޗުން ލިބިފައިވަނީ 2 ޕޮއިންޓެވެ. މިގުރޫޕްގައި އެއްމެޗު މަދުން ކުޅެފައިވާ ފޯސީޒަން އަދި މިލައިދޫއަށް ލިިބިފައިވަނީ 1 ޕޮއިންޓެވެ.

އަނަންތަރާ ސެމީފައިނަލަށް ދާނީ އަންގާރަދުވަހު އޮންނަ އޭ ގްރޫޕްގެ ފަހުމެޗުގައި މިލައިދޫއާ، ފޯސީޒަން ޑްރޯވެގެން ނިމިއްޖެނަމައެވެ. އެތަނުން ކޮންމެ ޓީމެއް މޮޅުވިނަމަވެސް އަނަންތަރާއަށް ސެމީގެ ފުރުސަތު ގެއްލި މޮޅުވިޓީމަކަށް ސެމީން ޖާގަ ލިބޭނެއެވެ.

މިއަދުގެ މެޗްގައި ސޮނެވާ ކާމިޔާބުކުރި 2 ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާދަމް ނިޒާމް (ކިތުނާ) އެވެ.

ސޮނެވާ އަދި އަނަންތަރާ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން / ފޮޓޯ: އޭދަފުށީ ވޮއިސް

މިމުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. އެމެޗްގައި ކިހާދޫ މޯލްޑިވްސް ވާދަކުރާނީ ދަ ސްމޯލް އައިލެންޑް މޯލްޑިވްސް (އަމިއްލަފުށީ) އާއެވެ. މިމެޗް ޑްރޯ ކޮށްލައިގެންވެސް އަމިއްލަ ފުށި ސެމީއަށް ދާނެއެވެ. ނަމަވެސް ކިހާދޫ މޮޅުވެއްޖެނަމަ ސެމީގެ ޖާގަލިބޭނީ ކިހާދޫއަށެވެ. މިގްރޫޕްގެ އެއްވަނާގައި 4 ޕޮއިންޓާއެކު އޮތް ޑުސިޓްވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top