އެކްތާ ކަޕޫރުގެ ކާމިޔާބު ޓީޥި ޑްރާމާ ސިލްސިލާ “ކަސޯޓީ ޒިންދަގީކީ 2” ގެ ވޭމްޕް ކެރެކްޓާ ކޮމަލިކާގެ ރޯލަށް ޓީވީގެ މަޝްހޫރު ތަރި ޖޭސްމިން ބާސިން، 29އ. ހަމަޖައްސައިފިއެވެ.
ކޮމޯލިކާގެ ރޯލުން ފެނިގެންދިޔަ ހީނާ ޚާން ވަނީ މި ޝޯ ދޫކޮށްލުމަށްފަހު ބޮލީވުޑް އާ ގުޅިފައެވެ. އެހެންވެ ހީނާ، ކޮމަލިކާގެ ރޯލަށް ދެން އެނބުރި ނާންނާނެކަމަށް ޝޯގެ ޕްރޮޑަކްޝަނުން ވަނީ ހާމަކޮށްފައެވެ..
ކޮމޯލިކާގެ ރޯލަށް އާ ތަރިއަކު ހަމަޖެއްސުމުގެ މަސައްކަތް ، ޕްރޮޑިއުސްރު އެކްތާ ކަޕޫރު ކުރަމުން ގެންދާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. އެގޮތުން އެކްތާގެ ފުރަތަމަ ހޮވުމަކަށްވީ “އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ” އިން މަޝްހޫރުވި ސަނާޔާ އިރާނީ އެވެ. އެކަމަކު ކޮމަލިކާގެ ރޯލް އޭނާ ގަބޫލު ނުކުރުމުން އެ ކެރެކްޓާ ޖޭސްމިނަށް ދޭން ނިންމީއެވެ.
ޖޭސްމީނަކީ ޓީވީގެ ތަފާތު ސީރީޒްތަކުން ފެނިފައިވާ ފަންނާނެކެވެ. އެގޮތުން ޒީ ޓީވީގެ “ތަޝަން އޭ އިޝްޤް” ގެ އިތުރުން ރިއަލިޓީ ޝޯ “ހަތުރޯން ކޭ ކިލާޅީ” ގެ އެންމެ ފަހު ސީޒަނުގައި ވެސް އޭނާ ވނީ ފެނިގެން ގޮސްފަ އެވެ. އަދި ދާދި ފަހުން ސްޓާ ޕްލަސް އިން ދެއްކި “ދިލްތޯ ހެޕީހޭ ޖީ” އާއި “ދިލް ސޭ ދިލް ތަކް” ގައިވެސް އޭނާ ވަނީ މޮޅު ރޯލެއް އަދާކޮށްފައެވެ.