ރަށްރަށުގައި ޖަމާވެފައިހުރި ކުނި ނަގައިދޭނެ ބަޔަކު ހޯދަނީ

DSCN3579-800x492-800x492-1.jpg

މީހުން ދިރިއުޅޭ ރަށްރަށުގައި އުކާނުލެވި ގިނަ ދުވަސް ވެފައިވާ ކުނި ނަގައި ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

އެންވަޔަރުމަންޓު މިނިސްޓްރީގެ އެދުމަށް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ މީހުން ދިރިއުޅޭ ރަށްރަށަށް ޖަމާވެ، ގިނަ ދުވަސްވެފައިވާ ކުނި ނަގައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކޮށްދޭ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. މި ފައިސާ ބަލައި ގަންނާނީ މިއަދުން ފެށިގެން މިމަހުގެ 23 ގެ ނިޔަލަށެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތް ތަަކަށް ބޭނުންވާނެ ފޯމުތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަސައްކަތަށް ކުރިމަތިލާ ފަރާތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ބަހައްޓަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާތާ 148 ދުވަހެވެ. މި މަސައްކަތް ކޮށްދޭން ކުރިމަތިލާ ފަރާތަކުގެ ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

މި މަސައްކަތާ ގުޅޭ މައުލޫމާތު ފިނޭންސް އަށް ގުޅައިގެން ނުވަތަ އީމެއިލްކޮށްގެން ލިބޭނެކަމަށް އިއުލާނުގައި ވެއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކުނި ނަގައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރަށްރަށް ސާފުކޮށް ކުނި ނަގަނީ ކައުންސިލް ތަކުންނެވެ. ރަށްރަށުގައި އުފެދޭ ކުނި ނައްތާލުމަށް އާއްމުކޮށް ބޭނުންކުރަނީ ދެގޮތެކެވެ. އެއީ ކުނިވާ ޒާތުގެ ކުނި ކަނޑަށް އެޅުމާއި ކުނި ނުވާ ޒާތުގެ ކުނި އެންދުން ނުވަތަ ކޮންމެވެސް އެހެން ވަސީލަތެއް ބޭނުން ކޮށްގެން ރަށުން ބޭރު ކުރުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top