ދަރިވަރުންނަށް ދޭނީ ވާވޭ ޓެބްލެޓް

177957_3_130a417e105aacaff6401a247bd4db1208fd0585_medium.jpg

ވާވޭ ބްރޭންޑްގެ މީޑިއާ ޕެޑް ޓީ3 ޓެބްލެޓް. ރާއްޖޭގެ ސްކޫލްތަކަށް ދެނީ މީގެ ޓެބްލެޓް

އަންނަ ޓާމް ފެށޭ އިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފައިވާއިރު ދަރިވަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއު ވިދާޅުވީ ސްކޫލްތަކުގައި ބޭނުންކުރުމަށް ދޭން ހަމަޖެހިފައިވަނީ ޑިޖިޓައިޒް ކުރުމުގެ މަގްސަދު ހާސިލްވާނެ ޓެބްލެޓެއް ކަމުގައެވެ. އެގޮތުން ދެވަނަ ޓާމުން ފެށިގެން ބޭނުންކުރާނީ ވާވޭ ބްރޭންޑްގެ މީޑިއާޕެޑް ޓީ 3 ޓެބްލެޓް ކަމަށް ޝަފީއު ވިދާޅުވިއެވެ.

ސްކްރީން ސައިޒްގައި 8 އިންޗި ހުންނަ މި ވައްތަރުގެ ޓެބްލެޓްގައި އެޗްޑީ ސްކްރީން އިންނައިރު ސްޓޯރޭޖް ކެޕޭސިޓީއަކި 16 ޖީބީ އެވެ.

ސްކޫލުތަކަށް ބޭނުންވާ 70000 އަށްވުރެގިނަ ޓެބްލެޓް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ މެކްސްކޮމް ކުންފުންޏާއެވެ.

ޓެބްލެޓް ބޭނުންކުރަން ފަށަން ވާއިރަށް ކްލާސް ރޫމްތަކަށް ލިބެންޖެހޭ ކަނެކްޓިވީޓީ ދިނުމުގެ މަސައްކަތް ކަނޑައަޅާފައިވާ އަމާޒާ އެއްގޮތަށް ކުރިއަށްދާކަމަށާއި އެމަސައްކަތުގެ ބޮޑު ބައެއް މިހާރުވަނީ ނިމިފައިކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހު ބުނީ އެކި ބައިބަޔަށް ބަހާލައިގެން ގެންނަ ގޮތަށް ހަމަޖެއްސި ޓެބްލެޓްތަކުގެ ދެ ޝިޕްމަންޓު ރާއްޖެ އައިސްފައިވާ ކަމަށާ ސްކޫލްތަކުގައި ޓެބްލެޓްތައް ބޭނުން ކުރަން ފަށާނީ ހުރިހާ ސްކޫލެއްގައި އެއްފަހަރާ ކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top