ފުލުހުންގެ އަހަރީ ދުވަސް، އޭދަފުށި ޕޮލިސްސްޓޭޝަނުން ފާހަގަކޮށްފި

DSCN2034.jpg

އޭދަފުށި ޕޮލިސް ސްޓޭޝަން - ފޮޓޯ :އޭދަފުށި ވޮއިސް

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަސް ފާހަގަ ކުުމުގެ ގޮތުން  އޭދަފުށީގައި ހުންނަ ފުލުހުންގެ އިދާރާގައި މިއަދު ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި މިރަސްމިއްޔާތުގައި އޭދަފުށީ ޕޮލިސްސްޓޭޝަން ގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އޭދަފުށީގައި ހުރި ސަރުކާރުގެ މުވައްސަސާތަކުންވެސް ބައިވެރި ވެފައި ވެއެވެ.

ކީރިތި ޤުރްއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ ޢަޒުމް ކިޔުމާއި ދުވަހާއި ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. ފުލުހުންގެ އަޒުމް އިސްވެ ކިޔައިދެއްވީ ސާޖެންޓް އަލީރާޝިދު އެވެ. ދުއާ އިސްވެ ވިދާޅުވެ ދެއްވާފައިވަނީ ތާޖުއްދީން ސްކޫލްގެ އިސްލާމް ޓީޗަރ އިބްރާހީމް މުހައްމަދު އެވެ.

މި ރަސްމިއްޔާތަށްފަހު އެ ސްޓޭޝަންގެ ގޯތި ތެރޭގައި ފުލުހުން ހަދާފައިވާ ކުޑަ މައިޒާނެއްކަމުގައިވާ “އެއް ރުއް ޕާކު” ވެސް ވަނީ ހުޅުވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top