ބ. އަތޮޅަށް ދަތުރުކުރި ދޯނިން ކަނޑަށް ވެއްޓުނުމީހާ ފެނިއްޖެ

large_159516687136Ss48.jpg

- -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހެނދުނު މާލެ އިން ފުރައިގެން ބ އަތޮޅަށް ދަތުރު ކުރަނިކޮށް ކާށިދޫ އާ ހަ ނޯޓިކަލް މޭލުން ކަނޑަށް ވެއްޓުނު 22 އަހަރުގެ ޒުވާނާ ފަތާފައި ގޮސް ކ. ކާށިދޫއަށް އަރައިފި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ދޯންޏާއި ބެހޭ އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ދޯނިން ގެއްުލުނު މީހާ ފަތާފައި ގޮސް ކާށިދުއަށް އަރައިފިކަމަށާ އޭނާ މިހާރު ވަނީ މޯލްޑިވްސް ޕޮލިސްސާވިސް އާއި ހަވާލުކޮށްފައި ކަމަށެވެ.

މި ދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވެފައި ވަޔާއި ކަނޑު ގަދަވެ ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ.

އެގޮތުން, ހޮނިހިރު ދުވަހުގެ ހަވީރު ހިނގި ހާދިސާއެއްގައި މަންމަ އަކު މަރުވެ އޭނާގެ ކުޑަ ފިރިހެން ކުއްޖަކު ކަނޑަށް ގެއްލިފައިވެއެވެ. އަދި މިއަދު މާލޭ ވަޅޯމަސް މާރުކޭޓު ކައިރީ، ތޮށިގަނޑުމަތީގައި މަސް ބާނަން ހުރި މީހަކު ވައި ގަދަވެ، މޫދަށް ވެއްޓި، މަރުވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top