ކަރަންޓީނު ނުވެ ކެމްޕޭނަށް ރަށްރަށަށް ދެވޭގޮތަށް ހެދި އުސޫލު އުވާލައިފި

b_6C1D6aSI5ikcqY0gn6fT75Maw.jpg

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ހުކުމް ކުރިތާ އެއް އަހަރު ފުރުމާ ގުޅިގެން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކަނޑުމަތީގައި ކުރި މުޒާހަރާގެ ތެރެއިން -- ވަން ފޮޓޯ: މުހައްމަދު އައުޒަމް

ކަރަންޓީންނުވެ ކެމްޕޭނަށް ރަށްރަށަށް ދެވޭގޮތަށް ހެދި އުސޫލު އުވާލައިފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާހު އުވާލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ބަދަލާއެކު އާންމުންގެ ގިނަ ބައެއް ފާޑު ކިޔުންތައް އަމާޒުވުމާ ގުޅިގެން އެޗްޕީއޭ އިން މިރޭ ވަނީ އެ އިސްލާހު އުވާލައިފައެވެ. އެގޮތަށް ނިންމާފައިވަނީ އެ އުސޫލާމެދު ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެހެންކަމުން ދެން ކެމްޕެއިން ހަރަކާތްތަކަށް ކެނޑިޑޭޓުންނަށް ރަށްރަށަށް ދެވޭނީ 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަންޖެހޭ ގޮތަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އާންމުކުރި ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުން ކެމްޕެއިނަށް ރަށްރަށަށް ދަތުރުކުރާ މީހުން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.

ނަމަވެސް އެޗްޕީއޭ އިން އިއްޔެ ވަނީ ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައި ކެމްޕެއިނަށް ރަށްރަށަށް ދެވޭ މާއްދާ އިސްލާހުކޮށް އެ އޭޖެންސީން ކަނޑައަޅައި އާންމުކުރާ ހާއްސަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ތާއީދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަރަންޓީން ނުވެ، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ކަމަށް ބުނެފައެވެ.

ގާނޫނު ބުނާ ގޮތުން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ދޭން ޖެހެއެވެ. އަދި އެންމެ މަދުވެގެން 28 ދުވަސް އެކަމަށް ދޭން ޖެހެއެވެ.

އެޗްޕީއޭ އިން އެގޮތަށް ލުއި ދީފައިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އުސޫލު އޮތް ގޮތުން ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެން ނުދާނެ ކަމަށް ވިދާޅުވެ، އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައި ވަނިކޮށެވެ.

މީގެ އިތުރުން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ސިޔާސީ ޕާޓީތަކަށް، ހާއްސަކޮށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީއަށް ލިބިގެން ނުދާކަމަށް ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top