ކިޑްސް ޖަމިއްޔާއިން އާތުޑޭ ފާހަގަ ކޮށްފި

group-pic.jpg

ފޮޓޯ : ކިޑްސް ޖަމިއްޔާ ބ.ކިހާދޫ

ބ. ކިހާދޫ “ކިޑްސް ” ޖަމިއްޔާގެ ފަރާތުން މިއަހަރުގެ އާތްޑޭ ފާހަގަ ކޮށްފިއެވެ.

މިކަމާ ގުޅިގެން ކިޑްސްގެ ފަރާތުން ވާހަކަ ދެއްކެވި އިބްރާހީމް ވަސީމް ވިދާޅުވީ ކޮންމެއަހަރަކުވެސް ދުނިޔޭގެފެންވަރުގައި ފާހަގަކުރަމުންއަންނަ އާތުޑޭ ކިޑްސްއިން ފާހަގަކުރުމުގެ އެއްމަގުސަދަކީ ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތުގައި ބައިވެރިވުމާ އެކު ބ.އަތޮޅުގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ކިޑްސްގެ މަގުސަދުތަކުގެތެރޭގައި ހިމެނޭކަމެއްކަމަށެވެ.  އެގޮތުން މިއަދު ކުރިޔައް ގެންދެވުނު ހަރަކާތަކީ ރަށުގެ އެކި ސަރަހައްދުތަކަށް ޖަމާވެފައިވާ ފަނާ ނުވާޒާތުގެ ކުނި ސާފުކުރުންކަމުގައި އޭނާ ވިދާޅުވިއެވެ.

މިއަދުގެ ހަރަކާތް ފެއްޓެވުމުގެ ގޮތުން ރީތި ބީޗް ރިސޯޓްގެ ޖެނަރަލް މެނޭޖަރ ޕީޓާރ ގްރެމެސް ދެއްކެވިވާހަކަފުޅުގައި ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމާއި ތަރައްޤީގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މަށްޗަށް އަލިއަޅުވާލާފައިވެއެވެ. މިއަދު އެއްކުރެވުނު ފަނާނުވާޒާތުގެ ކުނިތައްވަނީ ރީސައިކަލް ކުރުމައްޓަކައި ރީތި ބީޗް ރިސޯޓަށް ގެންގޮސްފައެވެ.

މިހަރަކާތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމުގައި ގިނަފަރާތްތަކެއްގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށާ އެގޮތުން ރީތިބީޗް ރިސޯޓް، ޕާލޭ، ބީ.އީ.އެ.މް، ކިހާދޫ ކައުންސިލް، ކިހާދޫ ހެލްތް ސެންޓަރ، ފެނަކަ ކިހާދޫ ބުރާންޗް އަދި ކޯސްޓްލައިން ގުރޫޕުގެ އެހީތެރިކަން ލިބިފައިވާކަން ވަސީމް ފާހަގަ ކުރެއްވިއެވެ.

ކޮންމެއަހަރަކުވެސް އާތުޑޭގެގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުން އަންނަނީ އެޕްރީލް މަހުގެ 22 ވަނަދުވަހެވެ. އާތުޑޭ އެންމެފުރަތަމަ ފާހަގަކޮށްފައިވަނީ 1970 ވަނައަހަރުއެވެ. މިއީ ދުނިޔޭގެ ތިމާވެއްޓައް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކޮށް ދުނިޔޭގެ ތިމާވެއްޓަކީ އުފާވެރި، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމައްޓަކައި ކުރަންޖެހިފައިވާއި ކަންކަން ފާހަގަކޮށް އެކަންކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ފާހަގަ ކުރެވޭ ދުވަހެކެވެ. މިއަހަރުގެ އާތުޑޭގެ ޝިއާރުގެ ގޮތުގައި ކަންޑައަޅާފައިވަނީ “މާޗް ފޯ ސައިންސް” އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top