ބޯހިމެނުމުގެ މަސައްކަތަށް މީހުން ހޯދަނީ

big_wZfWQmqP92wDcXGAPJJPcmk96.jpg

2014ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ތެރެއިން--ފޮޓޯ : އެމް ބީ އެސް

ރާއްޖޭގައި ކޮންމެ ދިހަ އަހަރަކުން އެއް އަހަރު ކުރިޔަށް ގެންދާ ބޯހިމެނުން، އަންނަ އަހަރު ބާއްވަން ނިންމައި އެމަސައްކަތަށް ބޭނުންވާ 4،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އިއުލާނު ކޮށްފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 4،300 އެނިއުމަރޭޓާސް އަދި 100 ޓްރެއިނާސް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނިއުމަރޭޓަރުން ތަމްރީން ކުރުމަށް ޓްރެއިނަރުން ހޭދަކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާ އަދި ތަމްރީން ހޯދާ ނިއުމަރޭޓަރުން ތަމްރީންތަކުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 50 ރުފިޔާ ދިނުމަށް ހަމަޖައްސާފައިވެ އެވެ. މީގެއިތުރުން ބޯހިމެނުން ކުރިއަށްދާއިރު ސީދާ އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ކޮންމެ ނިއުމަރޭޓަރަކަށް ދުވާލަކު 500 ރުފިޔާގެ އެލަވަންސަކާއި ކޮންމެ ދުވަހަކަށް 10 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެ އެވެ.

ބޯހިމެނުމުގައި ހަރަކާތްތެރިވާ ނިއުމަރޭޓަރުން އަތޮޅު ތެރޭގައި ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހު އެވެ. މާލޭގައި ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަހަރުގެ އޯގަސްޓް އަދި ސެޕްޓެމްބަރުގަ އެވެ.

ބޯހިމެނުން ކުރިއަށް ގެންދަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 17 އިން 30 އަށެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ 6 އޮކްޓޯބަރު 2022 ގައި އިއުލާނު ކުރާނެ އެވެ. ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ.

ބޯހިމެނުން 2022ގެ ޝިއާރަކީ “އަހަރެންގެ ބޯހިމެނުން” އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގައެވެ. އެގޮތުން ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، 1931 ވަނަ އަހަރު މެދުކެނޑުމެއްއަ އެވެ.

އެންމެ ފަހުން 2014 ވަނަ އަހަރު މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ، އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402،071 އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top