އެމްޕީ. އަލީ ކުރެއްވި ސުވާލަށް ސިފައިންގެ އޮފިސަރުން ޖަވާބެއް ނުދެއްވި

rs5ee3mrxygtac1tta1hvw2otvvmvamjhn5gc9ir-1.jpeg

“އިންޑިއާ އައުޓް” ކެމްޕޭނާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބަލަމުން އަންނަ މައްސަލައިގައި ރޭ 241 ކޮމެޓީގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސެއިން ކުރެއްވި ސުވާލަކަށް ސިފައިންގެ އޮފިސަރުން ޖަވާބެއް ނުދެއްވާ ހަނު ތިއްބަވައިފިއެވެ.

ސިފައިންގެ އޮފިސަރުން ޖަވާބެއް ނުދެއްވައި ހަނު ތިއްބެވީ އެމްޕީ އަލީ، “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއަށް ސިފައިންގެ އޮފިސަރުން ވައްދާ ކަމުގެ އިހްސާސް އެބޭފުޅުންނަށް ކުރެވޭތޯ ކުރެއްވި ސުވާލާއި ގުޅިގެންނެވެ.

“އަޅުގަނޑު ހިތަށް އަރަނީ އަހާލާނަމޭ ތިބޭފުޅުންނަށް އިހްސާސް ކުރެވޭތޯއޭ ސިޔާސީ ވާދަވެރިކަމެއްގައި އޮތް ތަޅާފޮޅުމެއްގެ ތެރެއަށް ތިބޭފުޅުން ދަމާފަވިޔަސް ޑްރޭގް ކޮށްފަ ވިޔަސް، ކޮއްޕާފައި ވިޔަސް މީގެ ތެރެއަށް ގެނެވޭ ކަމުގެ އިހްސާސް ތިބޭފުޅުންނަށް ކުރެވޭތޯއޭ؟” އަލީ ހުސައިން ވިދާޅުވިއެވެ.

އެސުވާލަށް އެއްވެސް އޮފިސަރަކު ޖަވާބެއް ނުދެއްވައެވެ.

މިރޭ މަޖިލީހަށް ވަޑައިގެން ތިއްބެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލްރަހީމް އަބްދުލްލަތީފް، ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގު، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ، ކާނަލް އިބްރާހިމް ހިލްމީ، ކާނަލް ޑރ.ޝާހިދު މުހައްމަދު، ލެފްޓިނެންޓް ކާނަލް ފާތިމަތު ތަހްސީނާ، ލެފްޓިނެންޓް ކާނަލް އަހްމަދު ޝަރީފް، ލެފްޓިނެންޓް ކާނަލް ހަސަން އާމިރުއެވެ.

އަލީ ހުސެއިންގެ ސުވާލަށް އެއްވެސް އޮފިސަރަކު ޖަވާބު ނުދެއްވުމުން ދެން ވާހަކަ ދެއްކެވީ މުގައްރިރު މުހައްމަދު އަސްލަމެވެ. އަސްލަމް ވިދާޅުވީ، ކޮމެޓީން ކުރާ ދިރާސާގެ ތެރެއިން އެސުވާލުގެ ޖަވާބު ލިބިގެންދާނެހެން ހީފުޅުވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top