ވެހިކަލް ދުއްވާއިރު ފޯނު ބޭނުން ނުކުރާތި. ޖުރިމަނާ ކުރާނެ

IMG_20210409_175848891.jpg

ވެހިކަލް ދުއްވާއރު އަތުގައި ފޯނު ގެންގުޅުން މަނާކޮށް ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފިއެވެ.

މިއަދު އާއްމުކުރި އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން އެއްގަމު އުޅަނދު ދުއްވާއިރު ދުއްވަން އިންނަ މީހާ، މޯބައިލް ފޯނާއި އަތުން ހިފައިގެން ބޭނުންކުރާ އެއްވެސް މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ނުވަތަ ހިފައިގެން ދުއްވުމަކީ މަނާކަމެކެވެ. އަދި ހެޑްސެޓް ބޭނުންކުރުމާއި އެހެން މީހެއްގެ އެހީތެރިކަމާއެކު މޯބައިލް ފޯނުން ވާހަކަ ދެއްކުން ވެސް އެ މާއްދާގެ (ށ) ގައި ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން މި ގަވާއިދުގެ ހަތަރުވަނަ މާއްދާގައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވާއިރު، އުޅަނދު ދުއްވާ މީހާ އާއި އުޅަނދުގައި އިންނަ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މާނައިގެ ތެރޭގައި ދުންފަތް ހިމެނޭ ބިޑި، ސުއްޓާ އަދި އިލެކްޓްރޯނިކް ސިނގިރޭޓްފަދަ ތަކެތި ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމަށް ތައްޔާރުކޮށްފައިވާ ވަސީލަތެއް ބޭނުންކުރުން ގަވާއިދު މަނާކުރެއެވެ.

އަދި މިސްކިތްތަކާއި، ސުކޫލްތަކާއި ކޮލެޖްތައް ހުންނަ ސަރަހައްދުތަކުގައި ބަރުގޮނު އެޅުމަކީ މަނާ ކަމެއް ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި ގަވާއިދުގައި ބުނެފައިވެ އެވެ.

މި ގަވާއިދާ ހިލާފުވާ މީހުންނަށް  ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކޮށް ނަސޭހަތް ދޭނެ އެވެ. ދެވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާކޮށް، 48 ގަޑިއިރަށް ލައިސަންސް ހިފަހައްޓާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.

މިކަން ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރު ކުރާނަމަ އެ މީހަކު 1000 ރުފިޔާއިން ޖޫރިމަނާކޮށް، އެމީހަކު ދުއްވި އުޅަނދު 15 ދުވަހަށް ޓޯ ކުރެވޭނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top