ބ.އަތޮޅުގައި ލޭބަރ ރިލޭޝަން އޮތޯރިޓީގެ ގޮތްޕެއް ގާއިމުކުރަނީ

IEzfU1kjMSnTkRxzKnOX1T4cst3HE18mDo5Pm9Fk.jpg

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ޕީއެސްއެމް ނިއުސް

ބ.އަތޮޅުގައި ލޭބަރ ރިލޭޝަން އޮތޯރޮޓީގެ ގޮތްޕެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބ. އަތޮޅު ކައުންސިލްގެ އިދާރާގައި މިކަމަަށް ހާއްސަ ކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާޙެވެ. ލޭބަރ ރިލޭޝަން އޮޓޯރޮޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އަހުމަދު މިޒްހަތު ނައީމެވެ.

މި ރަސްމިއްޔާތަށް ފަހު، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ އޮތޯރިޓީން ހާމަކުރި ގޮތުގައި ، ވަޒީފާއާ ބެހޭ މައްސަލަ ތަކަކީ ބޮޑެތި މައްސަލަތަކެއް ކަމަށް ވާތީއާއި އެ ފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. އެހެންކަމުން މި ފަދަ ގޮފިތަކެއް އަތޮޅު ތެރޭގައި ގާއިމުކޮށް ހިދުމަތް ދޭން ފެށުމުން ހިދުމަތް އަވަސްވުމާއެކު، މައްސަލަތައް ހުށައެޅުމަށް ވެސް ފަސޭހަވެގެން ދާނެއެވެ.

މިގޮފިތައް ހިންގަން ލޭބަރ ރިލޭޝަން އޮތޯރިޓީން ނިންމާފައިވަނީ އަތޮޅު ކައުންސިލްގެ އެހީތެރިކަމާ އެކުގަ އެވެ.

ބ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ، މި އެއްބަސްވުމުގެ ބޭނުމަކީ، ރައްޔިތުންނަށް މިހާރުން މިހާރަށް ބޭނުންވާ މިފަދަ ހިދުމަތްތައް ފުޅާކުރުންކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ލިބެންނެތް މިފަދަ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަމަށް ވިދާޅުވެ މިފަދަ ގޮތްޕެއް އުފައްދަން ނިންމެވީތީ ލޭބަރ ރިލޭޝަން އޮތޯރިޓީއަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ. ހަމައެހެންމެ މިކަމުގެ ސަބަބުން ވަޒީފާއާއި ބެހޭ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވާނެ ކަމަށާއި އެއީ، މިފަދަ މައްސަލަތައް ހައްލު ކުރަން ލިބޭނެ ބޮޑު ލުޔެއްކަމަށް އޭނާ ވިދާޅުވިއެވެ.

ބ. އަތޮޅަކީ އެ އޮތޯރިޓީގެ ގޮފި ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރި ތިންވަނަ އަތޮޅެވެ. މީގެ ކުރިން ރ. އަތޮޅާއި ށ. އަތޮޅުގައި އެ އޮތޯރިޓީގެ ގޮފި ގާއިމު ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެ ތަންތަނަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

ލޭބަރ ރިލޭޝަން އޮތޯރިޓީން ބުނީ، މުވައްޒަފުން ނެގުމުގެ މަސައްކަތް މިފެށޭ ހަފްތާތެރޭގައި ފެށޭވަރު ވާނެ ކަމަށެވެ. އަދި މުވައްޒަފުން ނަގާ އެފަރާތްތަކަށް ތަމްރީން ދިނުމަށްފަހު ބ. އަތޮޅުގައި މި އަހަރު މި ހިދުމަތް ރަސްމީކޮށް ފެށިގެން ދާނެކަމަށް ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top