ކިހާދޫ ސްކޫލްގައި ދެ ކްލާސްރޫމާއި ސްކޫލްގެ ވަށާފާރު ރާނަން ބަޔަކާ ހަވާލުކޮށްފި

viber_image_2022-03-23_12-57-02-1140x570.jpg

ބ.ކިހާދޫ ސްކޫލްގައި ދެ ކްލާސްރޫމާ އެކު ސްކޫލްގެ ވަށާ ފާރު ރާނަން ބަޔަކާ ހަވާލު ކޮށްފިއެވެ.

މިމިސްޓްރީ އޮފް އެޑިއުކޭޝަން ގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލު ކޮށްފައިވަނީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތް ހަވާލު ކުރުމުގެ އެގްރިމެންޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީ އެވެ. އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް އަބްދުﷲ އެވެ.

މި މަޝްރޫއުގެ އަގަކީ ދެމިލިއަން ހަތްދިހަ ހަތަރުހާސް ފަސްސަތޭކަ ފަންސާސް ފަސް ރުފިޔާ ހަލާރިއެވެ. މަސައްކަތް ނިންމަން އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ދީފައިވަނީ 99 ދުވަހުގެ މުއްދަތެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top