ރޯދަމަހު ސްކޫލްތަކުގައި ކިޔަވައިދޭނީ ގިނަވެގެން ތިން ގަޑިއިރު

DSCN0255.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު---އީވީ ފޮޓޯ

އަންނަ ރަމަޟާން މަހު ސްކޫލްތަކުގައި ކިޔަވައި ދޭނީ ގިނަވެގެން ތިން ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެެވެ.

މިކަމާގުޅިގެން އެމިނިސްޓްރީން ރާއްޖޭގެ ސްކޫލަތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކިޔަވައިދޭނީ ރޯދަ މަހުގެ ގަޑިތަކާ އެއްގޮތަށް ކަމަށެވެ.

އެއެންގުމުގައި ބުނެފައިވާ ގޮތުން އެއް ދަންފަޅީގެ ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30- 9:00 އާ ދޭތެރޭގައި ފަށައި އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް ވެސް ހެނދުނު 8:30- 3:00 އާ ދެމެދު ފަށަން ޖެހެއެވެ.

ޕްރީސްކޫލް ދަރިވަރުންނަށް ސްކޫލްގައި އެންމެ ގިނަވެގެން ކިޔަވައިދޭނީ ދޮޅުގަޑި އިރެވެ.

ރޯދަ މަހު ކިޔަވައިދޭ ވަގުތުތައް މަދުވުމުން، މާއްދާތައް ނަގައިދޭ ދިގުމިން 30-45 މިނެޓަށް ފެއްތުމަށާއި ރޯދަ މަހުގެ އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ކްލާސްތަކުގެ ޓައިމްޓޭބަލް އެކުލަވާލާއިރު މަދުވެގެން ދެ ހަފްތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް އިންތިޒާމް ހަމަޖައްސަން ވެސް ސާކިއުލާގައި އެދިފައިވެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އެޕްރީލް މަހުގެ ދެ ވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top