މާސްކު އެޅުން ފިޔަވައި ކޮވިޑާ ގުޅިގެން އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތައް އުވާލަނީ

covid-variant-ba2-surge-01-gty-llr-220317_1647564359235_hpMain_16x9_992.jpg

މާސްކުއެޅުން ފިޔަވައި އިންޑިއާގައި ކޮވިޑާއި ގުޅިގެން އަަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް މިހިނގާ މާޗް 31 ވަނަ ދުވަހުން ފެށިގެން އުވާލުމަށް ނިންމައިފިއެވެ.

އެގައުމުގެ ހޯމް މިނިސްޓްރީގެ އިސްވެރިޔާ، ހޯމް ސެކްރެޓަރީ އަޖޭ ބައްލާގެ އޮފީހުން ހާމަކުރި ބަޔާނެއްގައި ބުނީ ކޮވިޑާ ގުޅިގެން ގާނޫނީ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނެޝަނަލް ޑިޒާރސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން ނިންމާފައިވާކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ އިންޑިއާގައި ކޮވިޑް ކޭސްތައް މަދުވަމުން ދިޔުމާއި ގައުމުގެ ހާލަތު ދަށްވަމުން ދިއުމާއި ގުޅިގެންކަމަށެވެ.

ނަމަވެސް ރައްކާތެރި ކަމުގެ ގޮތުން އަޅާފައިފާ ފިޔަވަޅުތައް އުވާލިނަމަވެސް މާސްކް އެޅުމާއި އަތްދޮވުމަށް ބާރުއަޅާ ގަވާއިދުތައް އުވާނުލުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވާކަމަށް ހޯމް ސެކްރެޓަރީ އަޖޭ ބައްލާގެ އޮފީހުން ހާމަކޮށްފައިވެއެވެ.

ހަމައެހެންމެ ބަލީގެ ގޮތުން އަދިވެސް ސަމާލުވެތިބުމަށް އިންޑިއާ ސަރުކާރުން ވަނީ އާންމުންނަށް ގޮވާލާފައެވެ.

ދެއަހަރަށްފަހު އިންޑިއާގައި ކޮވިޑުގެ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އުވާލަން ނިންމިއިރު އިއްޔެ އެކަނިވެސް އިންޑިއާގައި 23،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top