މިނިވަންދުވަހާ ގުޅިގެން ދިރާގުން 55އިންސައްތަ ޑާޓާ އެލަވަންސް.

ދހިރަަގު.jpg

މިއަދު ފާހަގަކުރާ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅި ގެން ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް މިނީ ބޫސްޓާ އަދި ޕޯސްޓްޕެއިޑް ބޫސްޓާތައް 26 ޖުލައި އާއި 3 އޮގަސްޓް އާ ދެމެދު އެކްޓިވޭޓް ކޮށްގެން 55 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށެވެ.

ކޮވިޑުގެ ސަބަބުން މި އަހަރުގެ މިނިވަން ދުވަހުގެ ކުޅިވަރުތަކާއި ހަފުލާތައް ނުބާއްވަން ނިންމި ނަމަވެސް، މި ޕްރޮމޯޝަނާއެކު ކަސްޓަމަރުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ރައްޓެހިންނާއި އާއިލާއަށް ފޮނުވައި އެ ޗުއްޓީތެރޭގައި މުނިފޫހިފިލުވުމުގެ ކަންތައްތައް ޑިޖިޓަލްކޮށް ކުރުމަށް ލިބޭނެ އިތުރު ހިތްވަރަކާއި ލުއި ފަސޭހައަކަށް ވެގެންދާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ، އެކުންފުންޏަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ކޮންމެ ތަނަކު، ކޮންމެ ވަގުތެއްގައި ވިޔަސް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top