ޗުއްޓީއާ ދިމާކޮށް މާލެއިން ރަށްރަށަށް މީހުން ނުދިއުމަށް އިލްތިމާސް ކޮށްފި.

ameen3.jpg

ހެލްތު މިނިސްޓަރު، އަބްދުﷲ އަމީން

އީދު ޗުއްޓީއާއި ދިމާކޮށް މާލެއިން ރަށްރަށަށް ނުދިއުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިލްތިމާސް ކުރައްވައިފި އެވެ.

ތިން ރަށެއްގެ ކޮވިޑް މެނޭޖްމެންޓު ފެސިލިޓީ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ އީދު ޗުއްޓީއަކީ އާއްމުކޮށް ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅޭ ވަރަށް އުފާވެރި ދުވަސްވަރެއް ކަމަށާއި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މިފަހަރު އަންނަ ބޮޑު އީދުގައި މިފަދަ ގޮތަކަށް ދުށުން ރަނގަޅު ނޫންކަމަށެވެ.

“އަޅުގަނޑުގެ އިލްތިމާސަކީ އީދު ޗުއްޓީގައި ކޮންމެހެން ކުރަންޖެހޭ ތަންތަނަށް ނޫނީ ދަތުރު ނުކުރުން. މިފަހަރުގެ އީދު ޗުއްޓީ އަކީ، ޗުއްޓީ އެއް ކަމަށް ނުނަންގަވާ، މިފަހަރުގެ އީދު ޗުއްޓީ އަކީ އެއް ބަޔަކު އަނެއް ބަޔަކު ބަލިން ރައްކާތެރިކުރުމަށްޓަކާ ކުރެވެން އޮތް މަސައްކަތްތައް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ބެލުމަކީ މުހިއްމު ކަމެއް” އަމީން ވިދާޅުވިއެވެ.

މީގެއިތުރުން އީދުގެ ކުޅިވަރުތައް އެހެން އަހަރުތަކުގައި ބާއްވާ ގޮތަށް ގިނަ ބަޔަކު އެއްވެ ކުޅިވަރު ކުޅުން ފަދަ ކަންކަމާއި ވީހާވެސް ބޮޑަށް ދުރުވުމަށް ވެސް އަމީން އިލްތިމާސް ކުރެއްވިއެވެ.

އަމީން ވިދާޅުވީ އަތޮޅުތެރޭގައި ވެސް އެއް ރަށުން އަނެއް ރަށަށް މި ދުވަސްވަރު ކޮންމެހެން ކުރަން ވެއްޖެދަތުރެއް ނޫނީ ނުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެއަކީ އަނެއްކާވެސް މި ބަލި އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމަށް ބެލޭވަރަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތރުވި ދުވަހެކެވެ. އިއްޔެ އެކަނިވެސް 77 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 3252 އަށް އިތުރުވެފަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top