ކްލަބް ކޮމްބިނޭޝަންގެ މާހެފުމެއް ”އަމާންވެށި“ކުދިންނަށް

DSCN1204.jpg

ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އޭދަފުށީގައި ހުންނަ އަމާންވެށީގައި ދިރިއުޅޭ ކުދިންނަށް މިއަދު ހަވީރު މާހެފުމެއް ދީފިއެވެ. ”އޯގާތެރި ހިތަކާއެކު“ ޝިއާރުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި އޭދަފުށީގައި ތިބި ކުދިންނަށް މާހެފުމެއް ދީފައިވާއިރު ކޮންމެ ކުއްޖަކަށް ހަދިޔާ ޕެކެއްވެސް ވަނީހަދިޔާކޮށްފައެވެ.

ސީސީ އިން ބުނީ އަމާންވެށީގައި ދިރިއުޅޭ ކުދިންނަށް މާހެފުމަކާއި ގިފްޓް ޕެކެއް ދޭން ނިންމީ އެކުދިންނަކީ ވެސް މި މުޖްތަމައުގެ ބައިވެރިން ކަމަށާއި ރަށުން ބޭރު ކުދިންކަން އިހްސާސްވިޔަ ނުދިނުމުގެ ގޮތުން ކަމަށެވެ.

ސީސީ ގެ އަޑުމަޑުވެފައި އޮތުމަށްފަހު އެކްލަބްގެ ހަރަކާތްތައް އަނެއްކާވެސް އަލުން މިވަނީ ފެންނަން ފަށާފައެވެ. އެގޮތުން ދާދި ފަހުން ވަނީ ގޮއިދޫގެ ކޮންމެ ގެއަކަށް ދެފުޅި ސެނިޓަައިޒާ ހަދިޔާ ކޮށްފައެވެ. އަދި ރޯދައިގެ ކުރިން އިތުރު ތިން ރަށަށް ސެނިޓައިޒާ ފޮނުވުމުގެ ކަންތައް ކުރިއަށް އެބަދާކަމަށް ކްލަބުން ހާމަކުރި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top