ޓީވީއެމް އިން ”ސަލާހުއްދީނުލްއައްޔޫބީ” ސީރީސް ގެނެސްދޭން ފަށައިފި

big_Rbw6hOqqk75S8zEKui5PdkoZd.jpg

މުސްލިމުންގެ އަގުހުރި ލީޑަރެއްގެ ގޮތުގައި މަޝްހޫރުވި “ޞަލާޙުއްދީން އައްޔޫބީ”ގެ ހަޔާތްޕުޅުގެ މައްޗަށް ކުޅެފައިވާ ޓީވީ ސީރީސް ،ރޭ ޓީވީއެމުން ދައްކަން ފަށައިފިއެވެ.

ދިވެހި ބަހުން ތަރުޖަމާކޮށްގެން ގެނެސްދޭ “ޞަލާޙުއްދީން އައްޔޫބީ” އެޕިސޯޑްތައް ހަފްތާއަކު 2 ރޭ ޓީވީއެމުން ދައްކާނެ ކަމަށް ޕީއެސްއެމް އިން ބުނެއެވެ.  އެއީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރެއާއި، ހޮނިހިރު ދުވަހުގެ ރޭ 11:30 ގައެވެ.

ޞަލާޙުއްދީނުލް އައްޔޫބަކީ ގާތްގަނޑަކަށް 100 ވަރަކަށް އަހަރު ވަންދެން މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމުގައިވާ ޤުދުސް ، ޞަލީބީންގެ ބާރުގެ ދަށުގައި ވަނިކޮށް މުސްލިމުންގެ ސަފުތައް އެއްބައި ކުރުވާ، މަޝްހޫރު ޙިއްޠީން ހަނގުރާމައިގައި އެމީހުން ބަލިކޮށް، އެމީހުންގެ ބާރުގެ ދަށުން ޤުދުސް މިނިވަންކުރެއްވި ބަޠަލެވެ.

ޞަލާޙުއްދީނުލް އައްޔޫބީގެ ހަޔާތާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މި ޓީވީ ސީރީޒް އަކީ ޞަލީބީ ހަނގުރާމަތަކުގެ މަސްރަހެއް ކަމުގައިވި ޝާމްކަރަ އާއި މިޞްރުގައި ހިނގާދިޔަ ސިޔާސީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ މަޝްހޫރު ސީރީޒްއެކެވެ.

ޖުމްލަ 30 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީސް ފެށިގެން އަންނަނީ ޞަލާޙުއްދީން އުފަންވެ ވަޑައިގަތުމާ ހިސާބުންނެވެ. އޭގެ ފަހުގެ ދުވަސްތަކުގައި ކަންތައްވަމުން ދިޔަ ގޮތް ދައްކައި، އެ ޒަމާނުގައި ހިނގައި ދިޔަ މުހިއްމު ހާދިސާތައް ވަރަށް ރީތިކޮށް، ގުޅިގެންދާ ގޮތަށް ދައްކުވައި ދެ އެވެ.

ސަޢުދީ އަރައްބިއްޔާގެ މިޑްލް އީސްޓް ބްރޯޑްކާސްޓިންގ ސެންޓަރުން ހިންގާ “އެމް.ބީ.ސީ 1” ޗެނަލުން 2001 ވަނަ ދައްކާފައިވާ މި ސީރީސް އުފައްދާފައިވަނީ ސޫރިޔާގެ މަޝްހޫރު ޑައިރެކްޓަރ ޙާޠިމް ޢަލީއެވެ.

ސަލާހުއްދީނުލް އައްޔޫބީގެ ހަޔާތާ ބެހޭ ގޮތުން ، ގ.ބާޣު ބަހާރު އަލްމަރްހޫމާ ޝަމީމާ ޔަހްޔާވެސް ވަނީ މީގެ ތިރީހަކަށް އަހަރުކުރިން ބޭރުގެ މުސައްނިފަކު ލިއުއްވާފައިވާ ފޮތެއްގެ ދިވެހި ތަރުޖަމާ ނެރުއްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top