ޝައިޚް މަޖީދުގެ ދަރެސް : ޖުނުބު ވެރިޔާގެ ރޯދަ ޞައްޙަ ވާނެ އެވެ.

sex-love-life-2015-10-sex-questions-main.jpg

އިރުއޮއްސުނީއްސުރެ ފަޖްރުއްޞާދިޤުގެ އަލިކަން ފާޅުވެއްޖައުމަށްދާންދެން ރޯދަމަހުގެ ރޭތަކުގައި ކައިބޮއިހެދުން ހުއްދަވާފަދައިން އަނބިމީހާއާއެކު އެއްދާންކުރުމަކީވެސް އިސްލާމްދީނުގައި ހުއްދަކަމެކެވެ.

ނަމަވެސް މިސްކިތުގައި އިޢުތިކާފަށް އިން މީހަކަށް އެދުވަސްވަރު އެއްދާންކުރުން ހުއްދަވެގެންނުވެއެވެ. މިކަމުގައި ވަރަށް ގިނަބައެއްގެ ސުވާލަކަށްވާނީ، ޖުނުބުވެރިޔާގެމައްޗަށް ވާޖިބު ހިނެއިން ހިނައިނުގަނެ އުޅެނިކޮށް ފަތިސްނަމާދުގެ ވަޤުތު ވަދެއްޖެނަމަ، ދެން ޢަމަލުކުރާނީ ކޮންގޮތަކަށްތޯއެވެ؟

ޖަވާބުގައި ދަންނަވަންއޮތީ ރޯދައަށް ހުންނާނީއެވެ. ފަތިސްނަމާދު ކުރުމަށްޓަކައި ހިނައިގަންނާނީއެވެ. އެކަމުގެ ސަބަބުން ރޯދައަށް ލިބޭނޭ އެއްވެސް އުނިކަމެއްނެތެވެ.  

“މާތްﷲ އެކަމަނާއަށް ރުއްސުންލެއްވި އުންމުލްމުއުމިނީން ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ.(ބައެއްފަހަރަށް) ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ (އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ އެއްދާންކުރެއްވުމުގެ ސަބަބުން) ޖުނުބުވެރި ކަމުގައި ފަތިސްކުރައްވައެވެ. އެއަށްފަހު، އެކަލޭގެފާނު ނާނޭފުޅު ފިއްލަވައި، (އެބަހީ: ހިނައި ޠާހިރުވެވަޑައިގެން) އަދި ރޯދަފުޅަށް ހުންނަވައެވެ.”

މިކަން އޮތީ މިހެންކަން އެނގި ޔަޤީންވެ ހިތުގައި އުފެދުނު ހުރިހާ ޝައްކުތަކެއް މިހާރު ފިލާ ހިނގައްޖެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top