”ކަސޯޓީ“ ނިންމާލަނީ!

kasautii-zindagii-kay-when-erica-fernandes-dances-with-parth-samthaan-on-screen-2-920x518.jpg

ސްޓާ ޕްލަސްއިން މިހާރު ގެނެސްދެމުން އަންނަ މަޝްހޫރު ސިލްސިލާ ޑްރާމާ ”ކަސޯޓީ ޒިންދަގީކޭ“ގެ ދެވަނަ ބައި ނިންމާލަން އުޅޭ ކަމުގެ އިޝާރާތެއް މި ޝޯ ގެ ޕްރޮޑިއުސަރ އެކްތާ ކަޕޫރު ދީފިއެވެ.

އެގޮތުން އަންނަ އޮކްޓޯބަރުމަހުގެ 3ވަނަ ދުވަހަކީ މި ޝޯގެ އެންމެ ފަހު އެޕިސޯޑް ދައްކާ ތާރީޚު ކަމަށް ބޮލީވުޑް ނިއުސް އިން ބުނެއެވެ.

ޝޯ ނިިންމާލަން އެކްތާ ބޭނުން ވަނީ ބެލުން ތެރިން ބޭނުންވާ ގޮތަށް ޝޯ ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުން ތަކެއްވެސް ހުރުމުން ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

މިދިޔަ އަހަރު ފެށި މި ޝޯ އަށް ދިމާވި ފުރަތމަ ގޮން ޖެހުމަކީ ޝޯގެ އެންމެ މުހިއްމު އެއް ކެރެކްޓަރ ކޮމާލިކާގެ ރޯލު އަދާކުރަމުން ދިޔަ ހީނާ ޚާން ޝޯ އިން ވަކި ވުމެވެ. ހީނާގެ ބަދަލުގައި އެރޯލަށް ފިޓު އެހެން ތަރި އެއް ހޯދުމަށް އެކްތާ ބުރަ މަސައްކަތް ތަކެއްކުރުމަށްފަހު އެބައި މިހާރު ކުޅެނީ އާމްނާ ޝަރީފެވެ.

އަނެއް ގޮން ޖެހުމަކީ މިސްޓަ ބަޖާޖްގެ ބައި ކުޅެމުން އައި ކަރަން ސިންގ ގްރޯވަރު ޝޯ ދޫކޮށްލުމެވެ. އެކަމަކު ކަރަން ޝޯ ދޫކޮށްލުމުން ކަރަން ޕަޓޭލް އޭނާގެ ބަދަލުގައި އެ ކެރެކްޓާއަށް ލިއެވެ.

ކޮރޯނާގެ ސަބަބުން އައި މެދު ކެނޑުމަށް ފަހު އަލުން ޝޯ ހަމަ ފެށި ތަނާ ދެން ދިމާވި އިތުރު ގޮންޖެހުމަކީ ޝޯގެ އެންމެ މުހިއްމު ކާސްޓް، އަނޫރާގް ބާސޫ ގެ ބައި ކުޅެމުން އަންނަ ޕާތު ސަމްތާން ކޮރޯނާއަށް ޕޮޒިޓިވް ވުމެވެ. އޭނާއާ ކޮންޓެކްޓްވި ޝޯގެ މުހިންމު ތަރިން ކަރަންޓީނުވެ އެކަމުން ސަލާމަތް ވިތަނާ އަނެއްކާ ޕާތު، ޝޯ ދޫކޮށްލުމަށް ނިންމިއެވެ. އޭނާގެ ނިންމުން ބަދަލު ކުރޭތޯ ޝޯގެ މުޅި ޓީމް މަސައްކަތް ކޮށް ނަތީޖާއަކާ ހަމައަށް ނާދެވެނީސް ޕްރޭނާގެ ކެރެކްޓަރ، އެރިކާވެސް ޝޯ ދޫކޮށްލަން ނިންމުމަކީ އަނެއްކާވެސް އެކްތާ ކުރިމަތިލާން ޖެހުނު ބޮޑު މައްސަލައަކަށް ވެގެން ދިޔައެވެ.

ކަސޯޓީ ނިންމާލަން އެކްތާ ގަސްދު ކުރީ މިކަންތައް ތައްތަކުގެ ސަބަބުން ކަމަށް ވެދާނެކަމަށް ޕިންކްވިލާއިން ބުނެއެެވެ.އެކަމަކު މިކަމާ ގުޅިގެން އެކްތާ އަދި މީޑިއާއަކާ ވާހަކައެއް ނުދައްކަ އެވެ.

ކަސޯޓީގެ 2 ވަނަ ބަޔަކީވެސް ދިވެހިންގެ މެދުގައި ޚާއްސަކޮށް އަންހެނުންގެ މެދުގައި ވަރަށް ބޮޑަށް ”ހިނގާ” ޑްރާމާ އެކެވެ. ކަސޯޓީ ނިންމާލުމަކީ ޕްރޭނާއާއި އަނޫރާގްގެ ޖާދުގައި ޖެހިފައިތިބި ދިވެހި އަންހެނުންނަށް ހަމަގައިމުވެސް އުފާވެރި ޚަބަރަކަށް ނުވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top