އަޟްހާ އީދުގެ މުނާސަބަތުގައި އޭދަފުށީގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސައިނޯސާ ފުޓްބޯލް ކްލަބް ހޯދައިފިއެވެ. 17 އަހަރަށްފަހު މިއީ ސައިނޯސާ މިމުބާރާތުގެ ޗެމްޕިއަން ހޯދި ފަހަރެވެ.
ލެވިސްތާ ކަޕްގެ ނަމުގައި މިއަހަރު މި މުބާރާތް އިންތިޒާމު ކޮށްފައިވަނީ އޭދަފުށީ ވެލާ ސްޕޯޓްސް ގެ ފަރާތުންނެވެ.
ރާއްޖޭގެ އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ދަގަނޑޭ އާއެކު ރާއްޖޭގެ މަޝްހޫރު ކުޅުން ތެރިންތަކަކާއެކު މި މުބާރާތަށް ސައިނޯސާ ނުކުމެ މުބާރާތް ކާމިޔާބުކޮށްފައިވަނީ އެމްއޭ ޔުނައިޓެޑް އާ ވާދަކޮށް 2-4 ގެ ނަތިޖާއިން ފަހަތުން އަރައި މޮޅެވެގެންނެވެ.
މިއަދުގެ މެޗު ސައިނޯސާއިން ކާމިޔާބުކުރީ އެމްއޭ ޔުނައިޓެޑުން ދެ ގޯލު ޖަހާފައި ވަނިކޮށް މެޗުގެ ފަހު 20 މިނެޓުގައި ފަހަތުން އަރައި ހަތަރު ގޯލު ޖަހައިގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ އެމްއޭ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ދެ ވަނަ ހާފުގައިވެސް ސައިނޯސާއަށް ލަނޑެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް އެމްއޭ ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފާސިރު އެވެ.
ދެވަނަ ހާފުގައި ސައިނޯސާއިން ނަތީޖާ ބަދަލު ކޮށްލުމަށް ކުރި މަސައްކަތުގެ ތެރެއިން އެމްއޭ ޔުނައިޓެޑްގެ ސާމީ އިބްރާހީމް އަތުން ބައިކޮޅަށް ވަން ގޯލލާއެކު މެޗުގެ ފުރަތަމަ ލަނޑު ސައިނޯސާއަށް ކާމިޔާބު ވިއެވެ. ސައިނޯސާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދަގަނޑޭ ނަގައިދިން ހުރަހަކުން ހަމްދާން އަބްދުއްސައްތާރު ބޮލުން ޖެހި ގޯލުންނެވެ. ސައިނޯސާއިން މެޗުގެ ލީޑު ނެގީ ދަގަނޑޭ ހޯދައިދިން ޕެނަލްޓީއަކުން މުހައްމަދު އުމެއިރުވެ. މެޗުގެ ހަތަރުވަނަ ލަނޑު މެޗު ނިމެން އުޅެނިކޮށް ސައިނޯސާ އަށް ކާމިޔާބު ކޮށްދީފައިވަނީ ދަގަނޑޭއެވެ.
މި މުބާރާތުގެ އެންމެ މޮޅު ފޯވާޑުގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް އަށް ހޮވިފައިވަނީ ދަގަނޑޭ އެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް އުމައިރު ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ އެމްއޭ ޔުނައިޓެޑްގެ އަލް ސައީދު އެވެ.
މި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އަނޫސް މުހައްމަދު އެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ލިބުނީ ކުރިން ގައުމީ ޓީމަށްވެސް ކުޅެފައިވާ މުހައްމަދު އިމްރާނަށެވެ.