ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އިތުރުވަމުން އެބަދޭ :އެޗްޕީއޭ

diarrhea-1280x720.jpg

ރާއްޖޭގެ އެކި ހިސާބުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ބޭރަށް ހިންގައި ހޮޑުލެވޭތީ ވޭތުވެދިޔަ ޖުލައި މަހުގެ ތެރޭގައި 3808 މީހަކު ޑޮކްޓަރަށް ދައްކާފައިވާކަަމަށެވެ. އަދި މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު، އިތުރު އަދަދެއްކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ރާއްޖޭގެ އެކި ހިސާބުގައި ފެތުރެމުން ދާއިރު ބ.އަތޮޅު ހޮސްޕިޓަލަށްވެސް ޑެންގޫ ގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ޖެހިގެން ދައްކަމުން ދާ ފަރާތްތައް އިތުރުވާ ކަން ފާހަގަ ކުރެވިފައިވާކަމަށް އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. ” އެކަމަކު ކޮންޓްރޯލް ނުކުރެވޭ ވަރަށް އިތުރު ވެގެން ނުދޭ. މި ދުވަސް ވަރު މުޅި ރާއްޖޜގައިވެސް އެރޯގާތައް އެބައުޅޭ . ” އަދަދެއްގެއެކަމކު ކޮންޓްރޯލް ނުކުރެވޭ ވަރަކަށް ނޫން.” ރަޝީދު ވިދާޅުވިއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެން އާންމުކޮށް މެދުވެރިވަނީ ކާބޯތަކެތީގެ ޒަރީއާއިން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ފަރާތުންނެވެ. މިއީ ކާބޯތަކެއްޗާއި ފެނުގެ ޒަރީއާ އިން ފެތުރޭ ބައްޔެކެވެ.

މި ބަލިން ރައްކާތެރިވުމަށް ފާހަނާއިން ނިމުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމާއި ނެޕީ ބަދަލު ކުރުމަށްފަހު ވެސް ސައިބޯނި ލައިގެން  އަތްދޮވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ހަމައެއާއެކު ކާބޯކެތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އޭޖެންސީން އިލްތިމާސް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top