ރާއްޖޭގެ އިންފްލޭޝަން ރޭޓް އުފުލިއްޖެ .

189878_3_ff4c3eb45c2636ef2572dac9e9c7ca107fce4846_medium.jpg

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓު 2.81 އިންސައްތަ މައްޗަށް އުފުލިފައި ވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި)ގެ ރިޕޯޓު ދައްކާ ގޮތިގައި މިއީ މިދިޔަ ޖޫން މަހާއި އަޅާ ބަލާއިރުގައި 2.4 އިންސައްތަ އިތުރުވުމެކެވެޖޫން މަހުގެ އިންފްލޭޝަން ރޭޓަށް ބަލާއިރު އެމަހުގެ އިންފްލޭޝަން ރޭޓު ހުރީ މައިނަސް 0.41 އިންސައްތައެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ ޖުލައި މަހާއި އަޅާ ބަލާއިރު މިއަހަރުގެ ޖުލައި މަހުގެ އިންފްލޭޝަން ރޭޓް ވަނީ މައިނަސް 1.10 އިންސައްތަ ދަށްވެފައެވެ. 

ޖުލައި މަގު އަގު ތައް އުފުލިފައިވާ ބާވަތްތަކުގެ ތެރޭގައި ކަރަންޓާއި ފެން އަދި އިންޓަނެޓްގެ ޚިދުމަތް ހިމެނެއެެވެ. މީގެ އިތުރުން ތަރުކާރީއާއި ބިހާއި ކިރުގެ ބާވަތްތަކުގެ އަދުތައްވެސް ވަނީ އުފުލިފައެވެ.

އެހެންނަމަވެސް ބައެއް ވައްތަރުގެ މޭވާއާއި ގެދޮރުގެ ކުލި އަދި ކަނޑުމަހާއި އެއްގަމު މަހުގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ.

ރާއްޖޭގެ އިންފްލޭޝަން އުފުލިފައިވާއިރު ޑޮލަރުގެ ރޭޓުވެސް ވަނީ ރާއްޖޭގައި އުފުލިފައެވެއަދި ބާޒާރުގައި ތަކެތީގެ އަގު އުފުލިފައި ވާއިރު، މުދަލުގެ އަގުވެސް ވަނީ 20-25 އިންސައްތަ އަށް އުފުލިފައި ވާކަމަށް ވިޔަފާރިވެރިން ބުނެއެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top