ބ.ރީޖަނަލް ކޮވިޑް ސެންޓަރުގައި ފަރުވާ ދެމުން އައި 81 މީހަކު ރަނގަޅުވެއްޖެ.

DSCN9334.jpg

ބ.ރީޖަނަލް ކޮވިޑް ސެންޓަރ

އޭދަފުށީގައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރުގައި ކޮވިޑް ޖެހިގެން ފަރުވާ ދެމުން އައި 81 އަހަރުގެ މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މި ކޮވިޑް ސެންޓަރުގައި އެޑްމިޓްކޮށް ފަރުވާދެނީ ނ، ރ ބ އަދި ޅ އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކޯވިޑް 19 އަށް ޕޮޒިޓިވް ވެގެން އެ ހޮސްޕިޓަލުގައި ގާއިމްކުރެވިފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓް ކުރެވުނު 81 އަހަރުގެ ފިރިހެން މީހާ ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

ބަލިން ރަނގަޅުވުމާއެކު އިއްޔެ އެމީހާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މީގެކުރިން ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދިން އުމުރުން ދުވަސްވީ މީހަކު ވެސް ބަލިން ރަނގަޅުވެ ވަނީ ދޫކޮށްލައިފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތައް ރާއްޖޭގެ 25 ރަށެއްގައި އުޅޭއިރު، 23 ރިސޯޓަކުން 17 ފަތުރުވެރިންނާއި 48 ސްޓާފަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top