މާދަމާ ހުރިހާ ރަށެއްގައި މީސްލްސް ވެކްސިން ދެނީ

measles-vaccine-newsdesk.jpg

A fake MMR vaccine vial holding in hand

ހިމަބިއްސާއި ރުބެއްލާއަށްދޭ އެމްއާރް ވެކްސިން ދިނުން މާދަމާ އިން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދުބުނެފިއެވެ.

އެމްއާރް ވެކްސިން ދިނުމުގެ ކެމްޕޭން އަލުން ފެށީ މިމަހުގެ ދެވަނަ ދުވަހު ކުޅުދުއްފުށީގައެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެ ތެރޭގައި އަތޮޅު ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުންވެސް ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެެވެ. މާލެ ސަރަހައްދުގައި އޭޑީކޭ، ހުޅުމާލޭ ހޮސްޕިޓަލް، ދަމަނަވެށި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގަމުން ގެންދަ ޖީޕީ ކްލިނިކްގައި އެމްއާރް ވެކްސިން ދޭނެ އެވެ.

ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ހިމަބިއްސަކީ ވަރަށް ހަލުވި ކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެންމެންވެސް ވެކްސިން ޖެހުމަށް އިސްކަން ދިނުމަށް އެޗްޕީއޭ އިން އެދެ އެވެ.

ރާއްޖޭގައި އެމްއާރް ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ 1983 ވަނަ އަހަރު އެވެ. އޭގެފަހުން ރާއްޖޭގައި ހިމަބިހި އަދި ރުބެއްލާ ވެކްސިން ކަވަރޭޖް ވަނީ 95 އިންސައްތައަށް ވުރެ މަތީގައި ހިފަހައްޓާފަ އެވެ. ވެކްސިން ދިނުމުގެ ކާމިޔާބު ޕްރޮގްރާމާ އެކު ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވަނީ ޖޫން 2017 ގައެވެ. އަދި ރުބެއްލާ ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވަނީ 2020 ވަނަ އަހަރު އެވެ.

ހިމަބިހީގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުން ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top