އޭލެވެލް އިމްތިހާނު ފަށައިފި

10561816_1286835591342988_371612363775706682_n.jpg

 

ޖުމްލަ 3761 ދަރިވަރުންނާއެކު މިއަހަރުގެ އޭލެވެލް އިމްތިހާނު އިއްޔެ ފަށައިފިއެވެ.

ރާއްޖޭގެ 45 ސްކޫލަކުން މިއަހަރުގެ ސާނަވީ އިމްތިހާނުގައި ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އެޗްއެސްސީ މާއްދާތައް ހަދާ 1870 ދަރިވަރުން ހިމެނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

އިއްޔެ ފެށި މިއިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 100 އަށްވުރެ ގިނަކުދިން ބައިވެރި ވެފައި ވާއިރު ފުރަތަމަ އިމްތިހާނެއްގެ ގޮތުން އޮތީ އެޗްއެސްސީ އިސްލާމް މާއްދާއެވެ.

މިއިމްތިހާނު ނިމޭނީ އަންނަ ޖޫން މަހުގެ 28ވަނަ ދުވަހުއެވެ.

މިއަހަރުގެ އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވަނީ 2014 ވަނަ އަހަރުގެ މޭމަހާއި ޖޫން މަހުގައި ކިޔަވަން ފެށި ދަރިވަރުންނެވެ.

އަންނަ އަހަރުން ފެށިގެން އޭލެވެލް އިމްތިހާނު ބޭއްވުމަށް ހަމަޖައްސާފައިވަނީ އޮކްޓޯބަރާއި ނޮވެމްބަރުމަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top