”ދަހެލީޒް “ގެ ސްވާދިންތާ ދަންނަންތަ؟

88B_rghrsthgw5.jpg

ތްރިދާ ޗައުދަރީ.

އިންޑިއާގެ ކަލްކަތާއަށް އުފަން ތްރިދާ ޗައުދަރީއަކީ ހިންދީ ޑްރާމާ ސީރީޒްތައް ބަލާ މީހުންނަށް އާމޫނަކަށް ނުވާނެއެވެ.  އުމުރުން 22 އަހަރުގެ ތްރިދާގެ ރީތިކަމާ އެއްވަރަށް އޭނާގެ ހުނަރާ އެކްޓްކުރުމުގައި ކުރިއަށް ޖެހިލާފައިވާ ވަރު މިހާރު ސްޓާރ ޕްލްސްއިން ގެނެސްދޭ ‘ދަހެލީޒް ‘އިން ރަނގަޅަށް އެގިގެން ދާނެއެވެ.

“ދަހެލީޒް”ގެ ސްވަދިންތާ އަކީ ކާކުކަން އޭނާވަނީ އަމިއްލައަށް ބުނެދީފައެވެ. “ޓެލީބަޒް ” އަށް ދިން ބަސްދީގަތުމެއްގައި އޭނާއާ ބެހޭ ގޮތުން އޭނާގެ ފޭނުންނަށް އަންގަން ބޭނުންވާ ބައެއްވާހަކަ ވަނީ ހިއްސާ ކޮށްފައެވެ.އޭނާ ބުނަނީ :

އަހަންނަކީ  ގިނައިން ކާހިތްވާ މީހެކެވެ. އެއީ ވަކި މިންވަރެއްވެސް ނެތިއެވެ.

އަހަންނަށް ލިބިފައިވަނީ ވަރަށް ފޮނި ދަތްތަކެކެވެ. ސިއްހީ ކާނާއަކާ ކޭކެއް އަހަންނަށްދީފައި އަހަރެން ނަގާނީ ކޮން އެއްޗެއްތޯ އަހައިފިނަމަ އެއްވެސް ޝައްކެއް ނެތްގޮތުގައި އަހަރެން ނަގާނީ ކޭކެވެ.

އަހަރެން ރުޅި އަތުވެއްޖެނަމަ  ރުޅި މަޑުކުރުމަށް ބޭނުންކުރަނީ މިއުޒިކެވެ. އަދި އެފަދަ ވަގުތެއގައި އެއްވެސް މީހަކާ ވާހަކަދައްކާހިތެއް ނުވާނެއެވެ.

އަހަންނަކީ ޝޮޕިންގއަށް ދާހިތްވާ މީހެކެވެ. ޚާއްސަކޮށް ރީތިވުމަސް ބޭނުންކުރާ އެއްޗެތި ގަތުމަށެވެ. އެނގޭ ހެއްޔެވެ؟ އަހަރެން ލިޕްސްޓިކެއް ގަތްކަމުގައިވިޔަސް އެގަންނާނީ މަދުވެގެން ތަފާތު ދިހަ ވައްތަރުގެ ލިޕްސްޓިކް ޓްރައިކުރުމަށް ފަހުއެވެ.

ކިޔެވުން މެދުކަނޑާލާފައި އެކްޓަރަކަށް ވުމަކީ އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. އަހަރެން ބޭނުންވީ މައިކްރޯ ބަޔޮލޮޖިސްޓަކަސް ވާށެވެ. ގްރެޖްއޭޓްވީވެސް އެރޮނގުންނެވެ. ނަމަވެސް ބިއުޓީ ކޮންޓެންޓްއެއްގައި ބައިވެރިވެ އެމުބާރާތުން އެއްވަނައަށް ދިއުމަކީ އަހަރެންގެ ކެރިއަރ ބަދަލުކުރަން ޖެހުނު ސަބަބެވެ. އަދި މިހާރު އަހަރެންގެ ފޯކަސްހުރީ މި ރޮނގުން ކުރިއަށްދިއުމަށެވެ.

އަހަރެންގެ އުމުރުން 14 އަހަރުގައި ޓްރެއިން ވެފައިހުރި ޑާންސަރަކަށް ވެއްޖައީމެވެ.

މިއީ އަހަރެންގެ ފުރަތަމަ ޓީވީ ސީރީޒް އެވެ.  އުންމީދުކުރަނީ މިރޮނގުން ކުރިއަށްގޮސް ފިލްމެއްގެ ރޯލު އަދާކުރާނެ ދުވަހަކަށެވެ. މީގެކުރިން އަހަރެން ހުންނާނީ ބައެއް ދީނީ ފިލްމްތައްވެސް ކުޅެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top