ސޮސެޖުން ކެންސަރަށްމަގުފަހިވޭ: ޑަބްލިއުއެޗްއޯ

ޕްރޮސަސްކޮށްފައި ހުރި އެއްގަމު މަހުގެ ބާވަތްތަކެއް

ޕްރޮސަސްކޮށްފައި ހުރި އެއްގަމު މަހުގެ ބާވަތްތަކެއް

އެއްގަމުމަހުން ޕްރޮސަސްކޮށްގެން ހަދާފައިހުންނަ ސޮސެޖާއި ހަމްފަދަ ތަކެތިން ކެންސަރުޖެހުމަށް މަގު ފަހިވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

މިކަމާއިގުޅިގެން ޑަބްލިއު އެޗްއޯއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދުވާލަކު 50 ގްރާމަށްވުރެ އިތުރަށް މިބާވަތުގެ ކާނާ ބޭނުންކުރާނަމަ ގޮހޮރަށް ކެންސަރުޖެހުމުގެ ފުރުސަތު 18އިންސައްތަ އިތުރުވާކަމުގައެވެ.

އަދި އެފަދަތަކެތި ތައްޔާރުކޮށްފައި ހުންނަގޮތުން އަނގައަށް މީރު އެއްޗަކަށްވާތީ މިބާވަތުގެ ތަކެތި ކެއުމުން ދުރުވުމަކީ ފަސޭހަކަމަކަށް ނުވިޔަސް މިކަމަކީ އާއްމު ސިއްހަތަށް ފަރުވާތެރިވުމުގައި ވިސްނަންޖެހޭ ކަމެެއްކަމުގައި ރިޕޯޓްގައި ވެއެވެ.

ޕްރޮސަސްކޮށްފައި ހުންނަ އެއްގަމުމަހުން ކެންސަރު ޖެހޭކަމަށް ކުރިންވެސް ސިއްހީ ތަޖްރިބާކާރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ރަސްމީ ސިފައެއްގައި ވާހަކަދެއްކި މިއީ ފުރަތަމަފަހަރުކަމުން މިއީ ވިސްނަންޖެހޭނެ ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top