ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި. އެންމެ މޮޅު ދެ ދަރިވަރުންނަކީ ޔުމްނާއާއި ނާހިލް

Nahil-Yumna.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 2019ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ރޭ އެމަރުކަޒުގައި ބާއްވައިފި އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ.އިބްރާހީމް ހަސަން އެވެ.

2019ވަނަ އަހަރު އެ ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވާފައިވަނީ ޔުމްނާ އާތިފާއި މުހައްމަދު ނާހިލް އެވެ.

މަތީ ސާނަވީ އިން އެންމެ މޮޅު ދަރިވަރަކަށް ހޮވި ޔުމްނާ އާތިފަށާއި ސާނަވީ ބައިން އެއްވަނަ ހޯދި ނާހިލަށް އިނާމާއި އެވޯޑުތައް ހަވާލުކޮށްދެއްވީ، ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޑރ. އިބްރާހީމް ހަސަންވަނީ ދަރިވަރުން މަސައްކަތްތެރި ބަޔަކަށް އަހުލުވެރި ކުރުވުމަށް ބާރު އެޅުއްވުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާ ފައެވެ. އެގޮތުން ގޭތެރޭގައާއި އެކި މުނާސަބަތު ތަކަށް ސްކޫލް ޑެކަރޭޓް ކުރުން ފަދަ ކަންތައްތަކުގައިވެސް ދަރިވަރުން ބައިވެރި ކުރުވުމަށް އެދިވަޑައިގެނނެވި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީއު ވިދާޅުވީ އަހަރުން އަހަރަށް ސްކޫލް ހޯދަމުން ދާ ކާމިޔާބީގެ ފަހަތުގައިވަނީ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންގެ ބުރަ މަސައްކަތް ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރަށްވުރެ 2019 ވނަ އަހަރު ދަރިވަރުން ހޯދި ނަތީޖާ ރަނގަޅުކަން ފާހަގަ ކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.

2019ވަނަ އަހަރު، އޯ ލެވެލްގެ ގައުމީ ގަދަ ދިހައެއްގައި މި މަރުކަޒުގެ ނުވަ ދަރިވަރުން ހޮވިފައިވެއެވެ. އަދި ފަސް މާއްދާއަކުން ތިން ދަރިވަރަކު ވަނީ ދުނިޔޭގެ އެކި ވަނަތައް ހޯދައިފަ އެވެ.

އޭލެވެލް ގައުމީ ގަދަ 10 ގައި 2019 ވަނަ އަހަރު އެ ސްކޫލުގެ ފަސް ދަރިވަރަކު ހިމެނުއެވެ.

ބ.އަތޮޅު އައުލީމީ މަރުކަޒުގައި 753 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top