ދެމަފިރިއަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ތުޅާދޫން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

big_7g181AwqIXi4TqfgxJDWzJ2j1-800x450-800x450.jpg

ތުޅާދޫ

ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯއެއް ބޭނުންކޮށްގެން ދެމަފިރިއަކަށް ބިރުދައްކައި ބްލެކްމެއިލްކުރި ކަމުގެ ތުހުމަތުގައި ބ.ތުޅާދޫން ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.

އުމުރުން 31 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކުރީ ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ދެމަފިރިން ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއްގެ ތުހުމަތަށް ކަމަށް ފުލުހުން މި މަހުގެ ދެވަނަ ދުވަހު ބުނެފައިވެ އެވެ. އަދި އޭނާގެ ބަންދަށް މި މަހުގެ ފަސް ވަނަ ދުވަހު ވަނީ ފަސް ދުވަސް ޖަހައިފައެވެ.

ފުލުހުންގެ މީޑިއާއިން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދު ދިރާސާ ކުރުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތު ތަކަކާއެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top