މިރެއާއި މާދަމާ, އުތުރުގެ ބައެއް ރަށްރަށަށް މޫސުން ގޯސްވާނެ: މެޓް

erXXcUIJMupeLp1HcKU9UIPPeYpprXZQn0r1qVMM.webp

ބޭ އޮފް ބެންގާލުގައި އުފެދުނު ކޮޅިގަނޑެއް މިރެ އާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓު އޮފީހުން ބުނީ ބޭ އޮފް ބެންގާލުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ސްރީލަންކާ ހުރަސްކޮށްފައި ކަމަށާއި ކޮޅިގަނޑުގެ ބާރު ދަށްވެ މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭ، ލޯ ޕްރެޝަރ އޭރިއާއެއްގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް 24 ގަޑިއިރުތެރޭ މިކޮޅިގަނޑު ރާއްޖޭގެ އުތުރުން އަރަބި ކަނޑަށް ދަތުރުކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް މިރެއާއި މާދަމާ ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ނެޓް އޮފީހުން ބުނެއެވެ.

މިއަދު ރާއްޖޭގެ އެކި ހިސާބަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މެދު ރާއްޖެ ތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް މިއަދު އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ އާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top