ރޯގާ ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

l_1489478436434iQU.jpg

ރޯގާ ކްލިނިކް - ފޮޓޯ: ސަން

ރާއްޖޭގައި މި ދުވަސްވަރު އެކި ބާވަތްތަކުގެ ރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްކޫލް ޗުއްޓީ ދުވަސްވަރު ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރު ފަތުރުކުރުން އިތުރު ވުމާއި ގޭގެއަށް ޒިޔާރަތް ކުރުމާއި، މީހުން އެއްވެ އުޅުން އިތުރު ވެގެންދާނެ ކަމަށެވެ.

ދުނިޔޭގެ ބައެއް ހިސާބު ތަކުގައި ކޮވިޑް-19 އިތުރުވަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

މި ދުވަސްވަރު ރާއްޖޭގައި ހޭންޑް ފުޓް އެންޑް މައުތު ބަލި ، އަރިދަފުސް ރޯގާ އަދި ލޮލުރޯގާ އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައިވާ ކަމަށާއި ޑެންގީހުމާއި އެހެނިހެން ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު އޮތުމާ އެކު، ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެޗްޕީއޭ އިން އިލްތިމާސް ކޮށްފައެވެ.

އަދި މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަތާއި، އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރެއްވުމަށާއި ހުން އައިސް ކެއްސާނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top