ދެޑޯޒް ފުރިހަމަ ކުރުމުން ރިޒޯޓް މުވައްޒަފުންނަށް އާއިލާ ކައިރިއަށް ދެވޭނެ – މައުސޫމް

george-lorenzo-coming-racing-race-motor-sports-7182-1536x1025.jpg

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫލް މީޑިއާ އަށް މައުލޫމާތު ދެއްވަނީ --ފޮޓޯ :ވަގުތު

ރިސޯޓް މުވައްޒަފުން ކޮވިޑް-19 ވެކްސިންގެ ދެ ދޯޒް ފުރިހަމަ ކުރުމުން ކަރަންޓީން ނުވެ އާއިލާ ކައިރިއަށް ދެވޭނެ މަގު ފަހިވެގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެެއްޖެއެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ގޮތުގައި 2022 ވަނަ އަހަރު ބޭނުންކުރާނެ ލޯގޯ އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ސަރުކާރުން މިހާރު ފަތުރުވެރިކަމުގެ ސިނާޔަތުގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ދެޑޯޒް ފުރިހަމަ ކުރުމުން އެފަރާތްތަކުގެ އަނބިދަރިން ކައިރިއަށް ދިއުމުގެ ދިގު އިންތިޒާރަށް ނިމުމެއް އަންނާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ ސެކަންޑް ޑޯޒްއަށްފަހު އެބޭފުޅުންނަށް ކަރަންޓީނު ނުވެ ތަންތަނަށް ދިއުން މަގުފަހި ވެގެން ދާނެ” ރިސޯޓްގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރިސޯޓްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ވަމުން ދަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަނބިދަރިން ކައިރިޔަށް ނުދެވި އަހަރު ދުވަސް ހޭދަ ކޮށްފައިވާ މުވައްޒަފުން އެބަތިބި ކަމަށް މިނިސްޓަރފާހަގަކުރެއްވިއެވެ.

މީގެ ކުރިން ހެލްތް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުން އެނގޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ދެ ޑޯޒް ފުރިހަމަ ކުރާ ފަރާތްތަކަށް ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ކަރަންޓީން ވުމަކާއި ނުލާ ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

“ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތިއްޔާ ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ،” ނަސީމް ވިދާޅުވި އެވެ.

ކޮވިޑް އިން ރައްކާތެރި ވުމުގެގޮތުން ފަތުރުވެރިކަމުގެ ސިނާޔަތުގައި މަސައްކަތް ކުރާ 10،125 މީހުންނަށް މިހާރުވަނީ ވެކްސިން ދީފައެވެ. ވެކްސިން ދީފައިވާ މީހުންގެ އަދަދު ދޮޅުލައްކައަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

ރާއްޖޭގައި މިހާތަނަށް 21،034 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 2،535 މީހުން މިހާރު ދަނީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި 64 މީހަކު މި ބަލީގައި ވަނީ ނިޔާވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top