ބޮލީވުޑްގެ އެކްޓަރު އިރުފާން ޚާން 53އ. މަރުވެއްޖެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކެންސަރާ ހަނގުރާމަކޮށްފައިވާ އިރްފާން މަރުވެފައިވަނީ ކޮލަން އިންފެކްޝަނަކާގުޅިގެން މުންބާއީގެ ކޮކީލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އެވެ.
އިރުފާން މަރުވިއިރު މީގެ ތިން ދުވަސްކުރިން އޭނާގެ މަންމަ ސައީދާ ބޭގަމް، 95، އިންޑިއާގެ ރާޖަސްތާނުގައި ވަނީ މަރުވެފަ އެވެ. ކޮރޯނާވައިރަހާ ހުރެ އިންޑިއާ ލޮކްޑައުން ކޮށްފައިވާތީ ޖަނާޒާގައި ބައިވެރިވާން ދެވޭނެ ގޮތެއް ނެތިގެން އިރުފާން ޖަނާޒާގައި ބައިވެރިވީ ވީޑިއޯ ކޮންފަރެސް މެދުވެރިކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިންޑިއާ ނޭޝަނަލް ސްކޫލް އޮފް ޑްރާމާއިން ދަސްވެނިވެފައިވާ އިރުފާން ޚާން އެންމެ ފަހުން ފިލްމެއްގައި މަސައްކަތް ކޮށްފައިވަނީ މިއަހަރުގެ މާޗްމަހުއެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ ހުރެ މިފިލްމުގެ މަސައްކަތް ކުރިއަށްގެންދެވޭ ގޮތެއް ނުވިއެވެ.
އިރުފާން ވަނީ 100 އަށްވުރެ ގިނަ ހިންދީ ފިލްމުގައި މަސައްކަތްކޮށްފައެވެ. އޭނާ އަކީ ބޮލީވުޑްގެ އިތުރުް ހޮލީވުދްގެ ފިލްމް ތަކުގައިވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ. އެގޮތުން “ސްލަމްޑޯގް މިލިއަނާ”، “ސްޕައިޑާމޭން” އަދި “ޖުރޭސިކް ޕާކް”ގައި އިރުފާން ވަނީ މަސައްކަތްކޮށްފައެވެ. ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި “ހިންދީ މީޑިއަމް” “ތަލްވާރް” “ސަލާމް ބޮމްބޭ” އަދި “ގުންޑޭ” ފަދަ ކާމިޔާބު ފިލްމުތައް ހިމެނެ އެވެ.
އިރުފާން މަރުވިއިރު، އަނތްބަކާ ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ.