އަތޮޅު ތެރޭގައި ކޯވިޑް ފެތުރޭތޯ ބަލަން ސާމްޕަލް ނަގަނީ

DSCN4977-1.jpg

އަތޮޅު ތެރޭގައި ކޮވިޑް-19 ފެތުރެމުން ދޭތޯ ބެލުމުގެ ގޮތުން ކުރާ ސާވޭ އެއްގައި ހަ ދާއިރާއެއްގައި ހަރަކާތްތެރިވާ މީހުންގެ ސާމްޕަލް ނަގާގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭ އިން އާންމުންކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ މާލެ އާއި ރިސޯޓަކުން އަތޮޅު ތެރެއަށް ގޮސްފައިވާ ފަރާތެއް އެ ރަށަަކަށް ދިޔަތާ 14 ދުވަހުގެ ތެރޭގައި އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ، އެމީހެއްގެ ޓެސްޓު ހަދައި، ނަތީޖާ ލިބެންދެން އެމީހެއްގެ ޑައިރެކްޓު ކޮންޓެކްޓުން ގޭގައި ކަރަންޓީނު ކުރަންވާނެ ކަމަށެވެ. އަދި އާންމު ރޯގާތައް ޖެހިގެން އުޅޭ މީހުން ގޭގައި މަޑު ކުރަން އަންގަން ވާނެ ކަމަށެވެ.

ރަށެއްގައި ބަލި އުޅޭތޯ ބަލަށް ސާމްޕަލް ނަގަން ހަމަޖެހިފައިވާ ގޮތް:

  • ރަށުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ކޮންމެ 10 މީހަކުން އެކަކު
  • ގިނަ މީހުންނާއި ބައްދަލުވާ ފަރާތްތައް
  • ފިހާރަތަކުގައި މަސައްކަތް ކުރާ ކޮންމެ 10 މީހަކުން އެކަކު
  • ފެރީ ތަކުގައި މަސައްކަތް ކުރާ ކޮންމެ 10 މީހަކުން އެކަކު
  • ހޮޓާ، ރެސްޓޯރެންޓް ތަކުގައި މަސައްކަތްކުރާ ކޮންމެ 10 މީހަކުން އެކަކު
  • އެ ރަށެއްގައި މަސައްކަތްކުރާ ސިއްހީ ފަންނީ ހިދުމަތްތެރިންގެ އެއް ޕަސެންޓް މީހުން

ރަށުގައި އުޅޭ އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ، އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވެންދެން އެމީހަކު ބަހައްޓަންވާނީ ރަށުގައި ހަދާފައިވާ އައިސޮލޭޝަން ފެސިލިޓީއެއްގައި ކަމަށާ އޭނާގެ ޑައިރެކްޓު ކޮންޓެކްޓުން ކަރަންޓީނު ފެސިލިޓީއަކަށް ގެންދެވެންދެން ގޭގައި ނުވަތަ ރަށުގައި ކަނޑަައަޅާފައިވާ ތަނެއްގައި އެކަހެރިކުރަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ރަށުގައި ބިދޭސިން އުޅޭނަމަ އެމީހުންގެ ލިސްޓެން ނަގަން އަންގާފައިވާނެކަމަށާ ރޯގާގެ އަލާމާތް ހުންނަ ނަމަ، އެމީހުން އުޅޭ ހިސާބަށް ގޮސް، ރޯގާގެ އަލާމާތް ހުންނަ ބިދޭސިން ރަށުތެރޭ ގިނަވެއްޖެ ނަމަ އެކަން އެޗްޕީއޭ އަށް ރިޕޯޓު ކުރުމަށްވެސް އުސޫލުގައި ވެއެވެ.

ކޯވިޑާ ގުޅޭގޮތުން ރަށުގެ ރައްޔިތުން، ހާއްސަކޮށް މާބަނޑު މީހުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ދޭމީހުން ހޭލުންތެރިކޮށް ޖުމްލަކޮށް ހުރިހާ ރައްޔިތުންވެސް ބައްޔާމެދު ހޭލުންތެރި ކުރަންވާނެކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top