ޓީވީ ބަލައިގެން ކުރާ ތަރާވީޙް ނަމާދު ސައްހަވާނެތަ ؟

haafiz-2.jpg

އޭދަފުށި ބޮޑު މިސްކިތުގައި މިދިޔަ އަހަރު އިމާމުވެ ތަރާވީހް ނަމާދު ކުރަނީ. / ފޮޓޯ: އީވީ ޓީމް

ކޮވިޑް -19 އާ ގުޅިގެން މިސްކިތް ތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގަވާފައިވާތީ މިސްކިތްތަކުގައި ތަރާވީޙު ނަމާދު ކުރުމުގެ ބަދަލުގައި އާއިލާ ބައިވެރިވެގެން ގޭގައި ޖަމާއަތް ހަދައިގެން މި ނަމާދު ކުރާ މީހުން މަދެއް ނޫނެވެ. ހަމަ އެހެންމެ ޓީވީ އިން ލައިވް ކޮށްގެން ދައްކާ ތަރާވީޙު ނަމާދުކުރާ ތަން ބަލައިގެން އެޖަމާއަތަށް ތަބާ ވެގެން ތަރާވީޙު ނަމާދު ކުރާ ބައެއް އާއިލާތައްވެސް އުޅޭކަމަށް އަޑު އިވެއެވެ. އެހެންނަމަވެސް މި ގޮތަށް ކުރެވޭ ތަރާވީޙް ނަމާދު ސައްހަ ނުވާނެކަން އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ކުރެއްވި ޓުވިޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

ޑރ.ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ގޭގައި ތަރާވީސްކުރަން ޖަމާއަތް ހަދައިދެން، ޓީވީ އިން ދައްކާ ޖަމާއަތަށް ތަބާވެގެން އެޖަމާއަތުގެ އިމާމަށް އިގުތިދާއު ވެގެން ނަމާދު ކުރުމަކީ ޖާއިޒު ކަމެއްނޫން ކަމަށެވެ. އިމާމަށް އިގްތިދާ ވުމުގައި ދީނުގައި ވަކި އުސޫލުތަކެއް އޮންނަ ކަމަށާއި އެ އުސޫލުތައް ޓީވީ އަށް ތަބައަވުމާ ފުށުއަރާ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

“ވީމާ އެގޮތައް ނަމާދު ކުރުން ސައްހަ އެއްނުވާނެ. އެމީހަކަށް އެނގޭ މިންވަރެއް ޤުރުއާނުން ކިޔަވައި، ޚަތިމް ބަލައިގެންވެސް އަޑުހަރުކޮށް ނުވަތަ ސިއްރުން ކިޔަވައިގެން ވެސް ތަރާވީޙު ކުރެވޭނެ. ތަރާވީޙު ނަމާދަކީ އެކަނިވެސް ކުރެވޭނެ ނަމާދެއް ގޭގައި ޢާއިލާއެކު ޖަމާއަތުގައި ވެސް ކުރެވޭނެ. ކޮންމެހެން ދިގު ސޫރަތް ކިޔެވުން ލާޒިމެއްނޫން ކުރު ކުރު ސޫރަތްވެސް ކިޔެވޭނެ. ތަރާވީޙު ނަމާދަކީ ރޭ އަޅުކަމުގެ ތެރޭގައި ހިމެނޭ ސުންނަތް ނަމާދެއް.” ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top