ޝަރުއީ އުޒުރަކާއި ނުލައި ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެއް : ޚުތުބާ

DSCN2726.jpg

އޭދަފުށީ މަސްޖިދު މުއީނުއްދީން -އީވީ ފައިލް ފޮޓޯ

ޝަރުއީ އުޒުރަކާ ނުލައި ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެއްކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ހުކުރުދުވަހުގެ ސަވާބާއި ދަރުމަ އަދި އެދުވަހުގެ މާތްކަމާބެހޭ ގޮތުން އިއްވި މިއަދުގެ ޚުތުބާގައި ވިދާޅުވަނީ ތިމާގެ ފުރާނައަށް ނުވަތަ މުދަލަށް އަމާންކަން ނެތުން ފަދަ ކަމެއް މެދުވެރިވެ ނުވަތަ އެ ނޫންވެސް ޝަރުއީ އުޒުރަކާއި ނުލައި ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެއްކަމުގައެވެ.

“ހުތުބާގައި މާތްﷲ އަށް ހަމްދާއި ތައުރީފު ކުރެއެވެ. އަދި ﷲ އަށް ތަގުވާވެރިވުމަށް ވަސިއްޔަތް ކުރެއެވެ. އެކަލާނގެ ނަބިއްޔާއަށް ސަލަވާތް ކިޔެވެއެވެ. އަދި މުޖުތަމައުގައި ހިނގާ ތަފާތު ކަންކަމުގައި މުސްލިމުން އަމަލުކުރަންވީ ރަނގަޅު ގޮތް ދަސްކޮށްދެނީ އެ ހުތުބާގައި. އެއީ މުސްލިމު މުޖްތަމައުގެ ދިރުމެވެ،” ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާ ކިޔަމުންދާއިރު މިސްކިތުގެ ފެންޑާއާއި  ގޯތިތެރެގައި އަދި މިސްކިތުން ބޭރުގައި ވެސް ވާހަކަ ދައްކަން ތިބުމަކީ ބައެއް މީހުންގެ ފަރާތުން ފެންނަމުންދާ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށާ ހުތުބާ ކަނުލައި އަޑުއެހުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ޚުތުބާގައި ގޮވާލާފައިވެއެވެ.

“ހަމަ ޔަގީނުން ވެސް ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކު ވެސް ހުކުރު ނަމާދަށް ހާޒިރުވެ ތިޔަ ތިއްބެވީ މާތﷲ ގެ ހަޒުރަތުން ދަރުމައާއި ސަވާބު އެދިގެންނެވެ. ވީމާ ކޮންމެ ބޭފުޅަކުވެސް ހުކުރަށް ވަޑައިގެން ތިއްބަވާނީ ހުކުރުގެ ދަރުމައާއި ސަވާބު އެންމެ ހެޔޮގޮތުގައި ލިބޭނެ ގޮތަށެވެ.” ޚުތުބާގައި ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top