ހިސާން، ކުޑަކުދިންތަކަކަށް އަނިޔާކުރިކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

1-Mohamed-Nasheed-AP-12-768x512.jpg

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީީޕީގެ ކެންޑިޑޭޓް ހިސާން ހުސޭން ، ކުޑަކުދިންތަކަކަށް އަނިޔާކުރި ކަމަށް ދެކެވެމުންދާ ވާހަކަތައް ހިސާންގެ ކެމްޕޭން އޮފީހުން ދޮގުކޮށްފިއެވެ.

ހިސާން ގެ ގޭގައި މީގެ އަހަރުތަކެއް ކުރިން ކިޔަވަން ތިބި ކުދިންތަކަކަށް އަނިޔާ ކުރި ކަމަށް ބުނެ ރައީސް އޮފީހަށް ރައީސް ސޯލިހަށް އަހުމަދު އަނަސް ނަމަކަށް ކިޔާ މީހަކު ފޮނުވި މި ސިޓީގައި ހިސާންގެ މައްޗަށްވަނީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އެކުދިން އުޅެމުންދިޔަ ކޮޓަރިން ފެނާއި ކަރަންޓު ކަނޑާލައި, ކުދިން ނިދާފައި ތިބި ކޮޓަރީގެ ފެންލައިޓުން އެޅިގަލެއް ވެސް އެއްލިކަމަށް ބުނެފައިވެއެވެ. އަދި ފެނާއި ކަރަންޓު ކަނޑާލުމުން އެދުވަސްވަރު ގައިން ތާހިރުވީ ޕަބްލިކް އިސްކުރުތަކުން ހަންހަމުގައި ފެންގެނެސްގެންނާއި އުއްބައްތި ދިއްލައިގެން ކަމަށް ސިޓީގައި ވެއެވެ. ހިސާން ކުރެއްވި މިފަދަ އަމަލުތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހިސާންގެ ބައްޕަ އައްޝައިހު ހުސެއިން ޔޫސުފަށް ކަމަށާ އެކަން އެގޮތަށް ނުކުރުމަށް އޭނާގެ ބައްޕަ ހިސާން އަަށް ނަސޭހަތްތެރިވީކަމަށް ވެސް ބުނެފައިވެއެވެ. އަދި މިމައްސަލަ ފުލުހަށް މައްސަލަ ހުށަހެޅި ކަމަށް ވެސް ބުނެފައިވެ އެވެ.

މިކަމާގުޅިގެން މީގެ އިރުކޮޅެއް ކުރިން ހިސާންގެ ކެމްޕޭން އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހިސާންއާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހެޅިފައި ވެސް ނުވާނެ ކަމަށާއި، އޭނާ އަކީ މީހުންނަށް އަނިޔާ ކުރި އަދި ކުރާނެވެސް މީހެއް ނޫން ކަމަށެވެ. އަދި އެ ރައީސް އޮފީހަށް ފޮނުވި ސިޓީގައި ވަނީ ދޮގު މައުލޫމާތު ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ތުހުމަތު ކޮށްފައި ވަނީ ރައީސް އޮފީހަށް ސިޓީ ފޮނުވީ ހިސާންގެ އަބުރު ނަގާލަން ކަމަށާއި، އެކަން ކުރީ ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ އެމްއާރްއެމްގެ ކެންޑިޑޭޭޓު އިބްރާހިމް އަފީފް އަޑީގައި ހުންނަވައިގެން ކަމަށެވެ. އަދި އެ ސިޓީ ފޮނުވިކަމަށް ތުހުމަތު ކޮށްފައިވަނީ އަފީފުއަށް ބޮޑުބޭބެ ކިޔާ މީހެކެވެ.

އަފީފް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، އެ ސިޓީގައިވާ ކަމަށް ބުނާ ވާހަކަތަކަކީ މީގެ ކުރިންވެސް އޭނާ އަޑު އެއްސެވި ވާހަކަތަކެއް ކަމަށެވެ.

އަދ އެފަދަ ތުހުމަތުތަކެއް އުޅޭ އިރު އެއީ ހިނގާފައިވާ ކަމެއް ނޫންކަން ހިސާން ސާބިތުކޮށްދޭން ޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެ.

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު