”ނޭޝަނަލް ވަން ސްޓޮޕް ސަރވިސް“ ގާއިމުކުރުމަށް ނިންމަވައިފި

2-4.jpg

ސަރުކާރުގެ އެއް އިދާރާއަކުން ހުރިހާ ހިދުމަތެއް ލިބޭ ގޮތް ހެދުމުގެ ގޮތުން ”ނެޝަނަލް ވަން ސްޓޮޕް ސާވިސް“ ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ނެޝަނަލް ވަން ސްޓޮޕް ސާވިސް އަކީ ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.

މި ހިދުމަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ރައީސް ސޯލިހަށް ލަފާ ދެއްވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖލީހަށް އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު އެވެ.

އެއްފުރާޅެއްގެ ދަށުން ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ލިބޭ ގޮތް ހެދުމަކީ ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތް ކޮށްފައިވާ ކަމެކެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top